ދައުލަތުގެ ބައެއް މުވައްޒަފުންނާއި ރާއްޖޭގައި އުޅޭ ބިދޭސީންނަށް ހަމަަލާދޭން ސަރުކާރުން ރާވަމުންދާ ކަމަށް ބުނެ މީޑިޔާއަކުން ފެތުރި ޚަބަރު ފުލުހުން ދޮގުކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ ދައުލަތުގެ ބައެއް މުވައްޒަފުންނާއި ރާއްޖޭގައި އުޅޭ ބިދޭސީންނަށް ހަމަަލާދޭން ސަރުކާރުން ރާވަމުންދާ ކަމަށް ބުނެ ފަތުރަމުންދަނީ އެއްވެސް އަސާސެއް ނެތް ވާހަކައެއް ކަމަށެވެ. އޭގެ މަގުސަދަކީ ރައްޔިތުންގެ މެދުގައި ބިރުވެރިކަމާއި ހާސްކަން އުފެއްދުން ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނިގޮތުގައި އެ މައުލޫމާތު ފެތުރި ގޮތާއި ސަލާމަތީ ހިދުމަތްތަކުގެ މައުލޫމާތާއި އިންޓެލިޖެންސްއަށް ބަލާއިރު މިއީ އެއްވެސް އަސާސެއް ނެތި ރައްޔިތުންގެ ތެރޭގައި ހާސްކަމާއި ބިރުވެރިކަން އުފައްދައި ސިޔާސީ މަގްސަދެއް ހާސިލްކުރުމަށްޓަކައި ފެތުރި އަސްލެއް ނެތް ވާހަކައެއް ކަމަށް ބެލެވޭކަމަށެވެ.



ފުލުހުން ވަނީ ގައުމީ މަސްލަހަތަށް އުނިކަން އަންނަ ފަދަ އެއްވެސް ކަމެއް ނުކުރުމަށް އެދިފައެވެ.

"މިބާވަތުގެ ދޮގު ޚަބަރުތައް ފަތުރައި ރައްޔިތުންގެ ތެރޭވައި ބިރުވެރިކަމާއި ނުތަނަވަސްކަން ނުފެތުރުމަށާއި ގައުމީ މަސްލަތަހަަތަށް އުނިކަން ލިބޭ ފަދަ ކަންކަން ނުކުރުމަށް ދެންނެވިން،" ފުލުހުންގެ ބަޔާނުގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން