އެމަނިކުފާނަށް ވެރިކަން ލިބިވަޑައިގެންފި ނަމަ ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ފައިސާދޭގޮތަށް ގާނޫނަށް ބަދަލު ގެންނަން ހުށަހަޅާނެކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް އދ. މަހިބަދޫއަށް ވަޑައިގެން ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެެވެ. މާލޭ ސިޓީގެ މޭޔަރު ކަން ވެސް ކުރަށްވާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ރާއްޖޭގެ މީޑިއާ ތަކަށް ފުރިހަމަ މިނިވަންކަން ލިބެންޖެހޭ ކަމަށެވެެ. އެހެން ނަމަވެސް މި ސަރުކާރުން ވަނީ މީޑިޔާ އަޅުވެތި ކޮށްފައި ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މީޑިޔާތަކަށް ސަރުކާރުގެ ކުންފުނިތަކުން ފައިސާ ދިނުމަކީ ސަރުކާރުގެ ނުފޫޒު ނޫސްވެރިކަމަށް ފޯރާނެ ކަމެއް ކަމަށެވެ. އެއީ ނޫސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލިބޭ ނިކަމެތިކަމެއް ކަމަށްވެސް ޑރ.މުއިއްޒު ސިފަކުރެެއްވިއެވެ.

"ގާނޫނަށް ބަދަލު ގެނެސްގެން އޮންނަ އުސޫލަކަށް ބަދަލު ގެނެސްގެން ދައުލަތުގެ ބަޖެޓުން ވަކި އިންސައްތައެއް އެއީ ނޫސްވެރިކަމުގެ ތެރޭގައި މަސައްކަތްކުރާ އެކި ކަހަލަ މީޑިއާ ތަކަށާއި ނޫސްވެރިކަމުގައި މަސައްކަތްކުރާ އެކި ފަރާތްތަކަށް ފައިދާވާގޮތަށް ދިނުމަށް ހުށަހަޅާނަން،" ކުރިން ހައުސިން މިނިސްޓަރު ކަން ވެސް ކުރެއްވި މުއިއްޒު ވިދާޅުވިއެވެ.

މީޑިޔާތަކަށް ބަޖެޓުން ފައިސާ ދޭނެ ކަމަށް މުއިއްޒު ވިދާޅުވެފައިވާއިރު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ސާލިޙުގެ މެނިފެސްޓޯގައި ވެސް ބަޖެޓުން ވަކި ޕަސެންޓެއް މީޑިޔާތަކަށް ދޭގޮތަށް ވަނީ ހިމަނާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން