ތިލަފުށި ހިއްކުމުގެ ދެވަނަ ފިޔަވަހީގެ ދަށުން 117 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް ހިއްކަމުން އަންނަކަމަށް އަރބަންކޯއިން ބުނެފިއެވެ.

ތިލަފުށި ހިއްކުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ޗައިނާ ހާރބަރ އިންޖީނިއަރިންގް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ. އަދި މާޗުމަހު ވަނީ އެ މަސައްކަތް ފަށާފައެވެ.

އެކި ސަރަހައްދުތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން އެންމެ ފުރަތަމަ ހިއްކަން ފެށީ ތިލަފުށީގެ ސީ އަދި ޑީގެ ގޮތުގައި ކަނޑައާފައިވާ ސަރަޙައްދެވެ. އަދި އޭ، ބީ، އީ އަދި އެފް ގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުވެސް މިހާރު ވަނީ ހިއްކަން ފަށާފައެވެ.

އަބަންކޯގެ ޕްރޮޖެކްޓް މެނޭޖަރ ހުސައިން ހަނާން އަޙްމަދު ވިދާޅުވީ ތިލަފުށި ފޭސް 2ގެ ހިއްކުމުގެ މަސައްކަތުގެ ދަށުން ދެ ސަރަހައްދެއް މިހާތަނަށް ހިއްކާ ނިންމާފައިވާކަމަށާއި އަދި ކުރިއަށް އޮތްތަނުގައި އެ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ފަށާނެކަމަށެވެ.

ހަނާން ވިދާޅުވީ މިހާރު ހިއްކަން ފަށާފައިވާ ސަރަޙައްދުތައް އަންނަ އަހަރުގެ މެއިމަހުތެރޭގައި ހިއްކާ ނިންމުމަށް އަމާޒު ހިފާފައިވާކަމަށެވެ.

"މޫސުން ތަންދޭނަމަ 45 ދުވަހުގެ ތެރޭގައި ނިންމުމަށް އަމާޒު ހިފާފައިވަނީ. އޭރިއާ އޭ 105 ދުވަހުގެ ތެރޭގައި ނިންމާލުމަށް ހަމަޖެހިފައިވަނީ." ހަނާން އަޙްމަދު ވިދާޅުވިއެވެ.



ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗް.ޑީ.ސީގެ ދަށަށް ތިލަފުށި ބަދަލުކުރުމާއެކު، އެޗް.ޑީ.ސީން ވަނީ ތިލަފުށި ޒަމާނީ އިޤްތިޞާދީ ހަބެއްގެ ގޮތުގައި ތަރައްޤީކުރުމަށް ނިންމާ، ތިލަފުށީގެ މާސްޓަރ ޕްލޭން އެކުލަވާލާފައެވެ.

މާސްޓަރ ޕްލޭންގެދަށުން ތިލަފަޅުން 150 ހެކްޓަރު ހިއްކުމަށް ވަނީ ނިންމާފައެވެ. ތިލަފުށިން އަލަށް ހިއްކާ 150 ހެކްޓަރުގެ %60 ބޭނުންކުރާނީ ވިޔަފާރިތަކަށް ބިން ދޫކުރުމަށެވެ.

މި މަޝްރޫއުގެ ދަށުން އަލަށް ހިއްކާ ސަރަހައްދުތައް އެޗްޑީސީން ތަރައްގީކުރަނީ ޖުމްލަ 6 ސަރަހައްދަކަށް ބަހާލައިގެންނެއެވެ. އެގޮތުން އިންޑަސްޓްރިއަލް މަސައްކަތްކުރުމަށް ވަކި ސަރަހައްދެއް ހާއްސަކޮށްފައިވާއިރު، ލިކުއިފައިޑް ނެޗުރަލް ގޭސް ޕްލާންޓެއް އެޅުމަށްވެސް އަލަށް ބިން ހިއްކާ ސަރަހައްދުން ބޮޑު ބައެއް ޚާއްޞަކުރާނެއެވެ. އޭގެ އިތުރުން ލުއި ސިނާއީ މަސައްކަތް ކުރިޔަށް ގެންދިޔުމަށާއި މިކްސް-އޮފީސް އަދި ކުދި ވިޔަފާރިތަކަށްވެސް ސަރަހައްދުތަކެއް ކަނޑައަޅާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން