އަހުމަދު މަސްނޫމް   15 ސެޕްޓެމްބަރު 2023 - 1:49
މާލޭގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާދިސާ ހިނގީ މިރޭ މއ.ފީރާޒީގޭގައި ކަމަށެވެ.

އެމްއެންޑީއެފްއިން ބުނީ އެ ގޭގައި ހުރި ކުނިތަކެއްގައި މިރޭ ރޯވި އަލިފާން، ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ނިއްވާލާފައިވާކަމަށެވެ.

އެމްއެންޑީއެފްއިން ބުނީ މީހުން ދިރިނޫޅޭ މިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭކަމަށެވެ. ނަމަވެސް މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން