ފޮޓޯ: ސަން.އެމްވީ
ފޮޓޯ: ސަން.އެމްވީ
އެ މަނިކުފާނަކީ ބަހާއި އަމަލާއި ދިމާވާނެ ބޭފުޅެއް ކަމުގައި ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރޭ މާލޭގެ މާވެޔޮމަގުގައި ބޭއްވި ކެމްޕެއިން ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޑރ. މުޢިއްޒު ވިދާޅުވީ އެމަނިކުފާނަކީ ބުނާ ބަހާއި އެއްގޮތަށް އަމަލު ބަހައްޓަވާ ބޭފުޅެއް ކަމަށާއި މީޙުންގެ ޙައްޤުތަކަށް އަރައިނުގަންނަ ބޭފުޅެއް ކަމަށެވެ. އަދި އެމަނިކުފާނަކީ ތެދުވެރި ބޭފުޅެއް ކަމުން އެއްވެސް މީހެއްގެ ޙައްޤަކަށް އަރައިނުގަންނާތީ ރޭގަނޑުގައި ހަމަނިދި ލިބިވަޑައިގަންނަވާ ކަމުގެ ޔަގީންކަން އޮންނަ ކަމަށް ވިދާޅުވިއެވެ.

"އެއްވެސް މީހެއްގެ އެއްވެސް ހައްގަކަށް ދުވަހަކު ވެސް އަރައިނުގަންނަން. ނުވެސް އަރައިގަންނާނަން. އަޅުގަނޑު ކިބައިން ފެންނާނީ ތެދު ބަހުން ވާހަކަދައްކާތަން. އަޅުގަނޑުގެ ބަހާއި އަމަލާ ދިމާވާނެ. ދައްކާ ވާހަކައެއް ވެއްޖެއްޔާ އެ ވާހަކައެއްގެ ޒިންމާ އަޅުގަނޑު ވާނަން. ރައްޔިތުން ކައިރި އަށް އައިސްފައި މިހެން ދައްކާ ވާހަކަ މި ދައްކަނީ ވަރަށް ބޮޑަށް ކަންކަން ބަލާފައި." ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ޑރ. މުޢިއްޒު ވިދާޅުވީ އެމަނިކުފާނު ރައްޔިތުން ކައިރީގައި ވައުދުތައް ވެވަޑައިގަންނަވާނީ ޒިންމާ ނެގޭ ވަރުގެ ވާހަކަތަކަށް ކަަމަށާއި އަދި ޒިންމާ ނެގޭ ވަރުގެ ވާހަކައެއްކަން ބަލާފައި ނޫނީ އެ ވާހަކައެއް ނުދައްކަވާނެ ކަމަށެވެ.

ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ޑރ.މުޢިއްޒު ވަނީ 101،635 ވޯޓާއިއެކު 46 އިންސައްތަ ވޯޓުގެ ނަތީޖާއެއް ހޯއްދަވާފައެވެ.



30 ސެޕްޓެމްބަރގައި އޮންނަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާނީ ޑރ. މުޢިއްޒާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން