ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓް ފާރިސް މައުމޫންގެ ޓީމާއި އެމްޑީޕީން މަޝްވަރާ ކޮށްފިއެވެ.

މި ބައްދަލުވުމުގައި އެންމެ އިސްކޮށް ހަަރަކާތްތެރިވީ ފާރިސްގެ ކެމްޕެއިން ޓީމްގައި ހިމެނޭ އާމިނަތު ނާދިރާއެވެ.

"ޤައުމީ ސަލާމަތާއި އިޤްތިޞާދީ، އިޖްތިމާޢީ އަދި ސިޔާސީ އިސްލާޙަށް އަޅުގަނޑުމެންގެ ސިޔާސަތުތައް ހިއްސާކުރިން. އަޅުގަނޑުމެންގެ މިނިވަންކަން ކަށަވަރުކޮށްދީ، ޑިމޮކްރަސީ ހަރުދަނާކުރުމަށާއި، އިންސާފާއި ހަމަހަމަކަން ގާއިމް ކުރުމަށާއި، ޤައުމީ ސަލާމަތާއި އެއްބައިވަންތަކަމާއި ހަމަޖެހުން ކަށަވަރުކުރުމަށް މި ސިޔާސަތުތަކަކީ މުހިންމު ސިޔާސަތުތަކެއް ކަމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް ގަބޫލުކުރަން." ބައްދަލު ވުމަށް ފަހު ފާރިސް ކުރެއްވި ޓްވީޓެއްގައިވެއެވެ.

2023 ގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުމާ ބެހޭގޮތުން އެމްޑީޕީން ފާރިސްގެ ޓީމާއެކު މަޝްވަރާ ކޮށްފައި ވާއިރު، އިއްޔެ ވަނީ އަނީސާ އަޙްމަދު އިސްވެ ހުންނަވައިގެން ޕީޕީއެމް-ޕީއެންސީ ކޯލިޝަނާއެކު ވެސް ފާރިސްގެ ޓީމުން ވަނީ މަޝްވަޜާ ކޮށްފައެވެ.

އެންމެ ގިނަ ވޯޓު ހޯއްދަވައިގެން އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރަށްވާ ރައީސް ޞާލިހު ތަމްސީލު ކުރަށްވާ އެމްޑީޕީއާއި ޑރ. މުއިއްޒު ތަމްސީލު ކުރަށްވާ ޕީޕީއެމް، ޕީއެންސީ ކޯލިޝަނާއެކު މަޝްވަރާކުރެއްވުމަށްފަހު ފާރިޝް ވިދާޅުވެފައި ވަނީ މިމަޝްވަރާތަކުގެ އަލީގައި ތާއީދު ކުރަށްވާނީ ރައްޔިތުންނަށް އެންމެ ރަނގަޅު ކަމަށް ބެލެވޭ ޕާޓީއަކާއި ގުޅިގެން ކުރިއަށް ވަޑައިގަންނަވަން ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ދަތުރުކޮށްފައިވަނީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އާއި އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙެވެ.

ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ފާރިސްއަށް ލިބިވަޑައިގަތީ 2979 ވޯޓެވެ. އެއީ ވޯޓު ލީ މީހުންގެ ނިސްބަތުން 1.4 އިންސައްތައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން