ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުމުގެ ތެރެއިން ބިދޭސީ އޮބްޒާވަރަކަށް ފުރައްސާރަކުރި މަންދޫބަކާއި އޮބްޒާވަރު ސަސްޕެންޑުކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އިންޑިއާގެ އޮބްޒާވަރާ ދިމާކޮށް، ވޯޓްލާ މަރުކަޒުން އޭނާ ނުކުންނަން ޖެހޭނެ ކަމަށް ބުނެ ހަޅޭއްލަވާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފަ އެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ ރިޔާސީ އިންތިހާބު 2023 ގެ ވޯޓުލީ ދުވަހު އެ ކޮމިޝަނުން ދައުވަތު އަރުވައިގެން ވަޑައިގެންނެވި ބައެއް އިންޓަނޭޝަނަލް އޮބްޒާވަރުންނަށް ޕާޓީއެއް ތަމްސީލްކުރި ދިވެހި އޮބްޒާވަރަކާއި، މަންދޫބެއް، ފުރައްސާރަކޮށް، ސުލޫކީ މިންގަނޑާ ހިލާފު ވެފައިވާތީ އެ މީހުންނަށް އިންތިހާބުގެ ދެވަނަ ބުރާއި، ކުރިޔަށް އޮތް ބޮޑު ދެ އިންތިހާބުގައި އޮބްޒާވަރެއް، މޮނިޓަރެއް، ކެންޑިޓޭޓެއްގެ މަންދޫބެއް، އަދި އިލެކްޝަން އޮފިޝަލެއްގެ ގޮތުގައިވެސް ހަރަކާތްތެރި ނުވެވޭގޮތަށް ސަސްޕެންޑު ކުރުމަށް މިއަދު ބޭއްވި އިންތިހާބާ ބެހޭ ހާއްސަ ޖަލްސާ އިން ނިންމާފައިވާ ކަމަށެވެ. އަދި، އެ ދެ މީހުންގެ ބަދަލުގައި އޮބްޒާވަރަކާއި، މަންދޫބެއްގެ ގޮތުން އެހެންބަޔަކު ހަމަޖެއްސުމުގެ ފުރުސަތު އެޕާޓީއަށް ދިނުމަށް ނިންމާފައިވާކަމަށްވެސް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ.

އިލެކްޝަން ކޮމިޝަނުން މީގެ ކުރިން ބުނެފައިވާގޮތުގައި ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވަމުން ދިޔައީ އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ ދެ ކޮމިޝަނަރެކެވެ. އާންމުވެފައިވާ ވީޑިއޯތަކުން ފެންނަނީ ވޯޓުުލުން ކުރިއަށްދިޔަ ވަގުތު އިންޑިއާގެ ދެ އޮބްޒާވަރަކު ވޯޓު ފޮށްޓަކާ މާ ކައިރީގައި ހުރި ކަމަށް ބުނެ ދިވެހި މޮނިޓަރުންތަކެއް ޝަކުވާކޮށް ހަޅޭއްލަވާ ހަދާ މަންޒަރެވެ. އޮބްޒާވަރުންނަށް އިންޒާރުދިނުމުގައި އިސްކޮށް އުޅުނީ މޮނިޓަރުންގެ ފާސް އަޅައިގެން އިދިކޮޅު ޕީޕިއެމް އާއި ޕީއެންސީއަށް ތާއިދުކުރާ ދެމީހެކެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން