މާފަރު ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި މަސްތުވާތަކެތި ވަގަށް ނެގި މައްސަލަ އެއް ފުލުހުން ބަލަން ފަށައިފިއެވެ.

އެ މަސްތުވާތަކެއްޗަކީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އެރަށަށް ދިޔަ ބޯޓަކުން އަތުލައިގަތް މަސްތުވާތަކެއްޗެވެ. އެ ބޯޓުން އަތުލައިގަތް މަސްތުވާތަކެތި ވަގަށް ނަގާފައިވަނީ މާފަރު ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުއްޓައެެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ މާފަރު ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބައެއް ތަކެތި އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ ވަގަށް ނަގާފައިވާ މައްސަަލައެއް ބަލަމުންދާ ކަމަށެވެ.

ވަގަށް ނަގަފައިވާ ތަކެތީގެ ތެރޭގައި މަސްތުވާތަކެއްޗާއި ބަނގުރާ ފުޅިއެއް ހިމެނޭ ކަމަށް ފުލުހުން ބުންޏެެވެ.



މި މައްސަލައާ ގުޅިގެން ފުލުހުންގެ ހިދުމަތުގެ ޕްރޮފެޝަނަލް ސްޓޭންޑާރޑްސް ކޮމާންޑުން އިންޓާނަލް ތަހުގީގެއް ހިންގަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން