ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާ ދިމާކޮށް އެމްޑީޕީން މީހުންގެ އައިޑީ ކާޑު ގަންނަމުންދާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ފެތުރީ ދޮގު ހަބަރެެއް ކަމަށް އެޕާޓީން ބުނެފިއެވެ.

އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު ވިދާޅުވީ އެއީ ސިލްސިލާކޮށް ފަތުރަމުންދާ ދޮގު ވާހަކަތަކުގެ ތެރެއިން ވާހަކައެއް ކަމަށެވެ.

ރާއްޖޭގެ ބައެއް މީޑިޔާތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ވޯޓް ދޭނެ ކަމަށް ބެލެވޭ މީސްމީހުންގެ އައިޑީ ކާޑު އެމްޑީޕީން ދަނީ 20،000ރ. ދީފައި ގަންނަމުންނެެވެ. އެގޮތުން އައިޑީ ކާޑު ވިއްކާ މީހުންގެ ލިސްޓު ނެގުމަށް ފަހު، އެ ލިސްޓުގައި ހިމެނޭ މީހުން ނިސްބަތްވާ ދާއިރާތައް ކަށަވަރުކޮށް އެ މީހުންނަށް އެ ދާއިރާތަކުގެ ރައީސުން ނުވަތަ މަޖިލިސް މެންބަރުން މެދުވެރިކޮށް އަންނަނީ ގުޅުވަމުން ކަމަށް އެ މީޑިޔާތަކުގައި ރިޕޯޓް ކޮށްފައިވެއެވެ.

އަދި އައިޑީ ކާޑު ވިއްކާކަން ކަށަވަރުކުރުމަށް ފަހު، އައިޑީ ކާޑާއި ޕާސްޕޯޓު ނަގައި ފައިސާ ދިނުމުގެ މަސައްކަތް މިހާރު ކުރަމުން ދަނީ ދާއިރާތަކުގެ މަޖިލިސް މެންބަރުންނާއި އެމްޑީޕީގެ ދާއިރާތަކުގެ ރައީސުންގެ އެހީގައި ކަމަށް ވެސް ބައެެއް މީޑިޔާތަކުގައި ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން