އަހުމަދު މަސްނޫމް   13 ސެޕްޓެމްބަރު 2023 - 23:0
އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ނައިބު، ނައުޝާދު ވަހީދު ހަސަން މަނިކު އެ މަގާމުން މިއަދު ވަކިކޮށްފިއެވެ.

ނައުޝާދު މަގާމުން ވަކިކުރެއްވިކަން އަންގާ އޭނާއަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސަށް ލިބިދޭ ބާރުގެ ދަށުން އޭނާ އެ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.

ނައުޝާދު މަގާމުން ވަކިކޮށްފައި މިވަނީ އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފަރަހަނާޒް ފައިސަލާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އޭނާ ޓްވީޓު ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ކޮއްކޯފުޅު ނައުޝާދު ވަހީދު ފާހަގަވެފައިވަނީ ރައީސް ނަޝީދުގެ ސަޕޯޓަރެއްގެ ގޮތުގައެވެ.

އެމްޑީޕީ އުފެއްދުމުގައިވެސް އިސްކޮށް އުޅުއްވި ނައުޝާދު ވަހީދަކީ އެމްޑީޕީގެ ޕްރައިމެރީގައި ރައީސް ނަޝީދަށް ތާއީދުކުރެއްވި ބޭފުޅެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން