ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ނެރުނު ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓަށް ހުށަހަޅާފައިވާ ޝަކުވާއަކާއި ގުޅިގެން ސްޓޭޓަސްއަށް ބަދަލެއް އަންނަ ނަމަ، މިހާރު "ގެދޮރުވެރިން ޕޯޓަލްއިން" ފެންނާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ހާމަކޮށްފިއެެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ ގެދޮރުވެރިޔާ ސްކީމުގެ ވަގުތީ ލިސްޓާއި ގުޅިގެން އެ މިނިސްޓްރީއަށް ހުށަހަޅާފައިވާ ޝަކުވާތައް ބަލަމުން އަންނަ ކަމަށެވެ. ޝަކުވާ ބެލުމަށްފަހު ސްޓޭޓަސްއަށް އައި ބަދަލެއް އަންނަ ނަމަ، މިހާރު ޕޯޓަލްއިން ފެންނާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ފްލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ޕްލޭނިން މިނިސްޓްރީން ހުޅުވާލީ މިދިޔަ އޮގަސްޓް 22، ވަނަ ދުވަހާއި ހަމަޔަށެވެ.

ދާއިމީ ލިސްޓު ނެރުމުގެ ކުރިން ފްލެޓަށް ޝަރުތުހަމަވާ މީހުންގެ ދިރިއުޅުމުގެ ހާލަތު ބެލުމުގެ ގޮތުން ޕްލޭނިން މިނިސްޓްރީން މިހާރު ވަނީ އެ މީހުން ދިރިއުޅޭ ގެތަކަށް ޒިޔާރަތް ކުރަން ފަށާފައެވެ. އަދި އަންނަ ހަފްތާ ތެރޭގައި ޕްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓެއް ނެރެން މަސައްކަތް ކުރަމުން އަންނަ ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ޕްލޭނިން މިނިސްޓްރީން މިދިޔަ އޮގަސްޓް 8، ގައި އާންމުކުރި ފުލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓުގައި 15،000 އަށްވުރެ ގިނަ މީހުންގެ ޝަރުތު ހަމަވާ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން