ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ކޯލިޝަން ހެދުމާއި ގުޅޭގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި މަޝްވަރާ ކުރެއްވުމަށް އެމަނިިކުފާނު އަރިހަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވަޑައިގެންފިއެވެ.

ގާސިމާއި ބައްދަލުކުރެއްވުމަށް ރައީސް ސާލިހު މާމިގިއްޔަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް އެއަރޕޯޓުން މަރުހަބާ ދެންނެވީވެސް ގާސިމް އިބްރާހިމްއެވެ.

ގާސިމާއި ރައީސް ސާލިހާއި ދެމެދު ބާއްވާ މަޝްވަރާތަކުގެ އިތުރު ތަފްސީލެއް އެއްވެސް ފަރާތަކުން ހާމައެއް ނުކުރެއެވެ.

ގާސިމްގެ ތާއީދު ހޯއްދެވުމަށް ރައީސް ސާލިހު މަސައްކަތް ފަށާފައިވާއިރު ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުވެސް ދަނީ ގާސިމްގެ ތާއީދު ހޯއްދެވުމަށް މަޝްވަރާކުރައްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން