ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އިއްތިހާދުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި، ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ބައްދަލު ކުރަށްވަމުން ގެންދަވާކަމުގެ މަޢުލޫމާތު ލިބިއްޖެއެވެ.

މަޢޫލޫމާތު ލިބިފައިވާ ގޮތުގައި ޤާސިމާއި ބައްދަލު ކުރެއްވުމަށް ރައީސް ޞާލިޙް މިހާރުވަނީ ސަން އައިލެންޑަށް ވަޑައިގެންފައެވެ. މި ބައްދަލުވުމާ ގުޅިގެން އިންތިހާބުގެ ދެ ވަނަ ބުރަށް ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް ޖޭޕީން މިއަދު ބާއްވަން އުޅުނު ކައުންސިލް ބައްދަލުން ވެސް ވަނީ ފަސްކޮށްފަ އެވެ.

ޖޭޕީގެ ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށް ތާވަލު ކޮށްފައި އޮތީ މިއަދު ހަވީރު ހަވީރަށެވެ. ޤާސިމް ރޭގެ ވަގުތެއްގައި ވަނީ ދެވަނަ ބުރުގެ މަޝްވަރާތަކަށް ޕީއެންސީގެ އިސް ފަރާތްތަކާވެސް ބައްދަލު ކުރަށްވާފައެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ދަތުރުކޮށްފައިވަނީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އާއި އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙެވެ.

މި ފަހަރުގެ ރިޔާސީ އިންތިހާބުގައި 5،545 ވޯޓާ އެކު ޤާސިމަށް ލިބިޑައިގެންފައި ވަނީ ފަސް ވަނަ އެވެ. މިއީ 22،000 އަށްވުރެ ގިނަ މެންބަރުން ތިބި ޖޭޕީއަށް ރިޔާސީ އިންތިޚާބެއްގައި މިފަދަ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުނު ފުރަތަމަ ފަހަރުވެސް މެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން