ހުޅުމާލެ ގެއެއްގެ ޓެރެސްގައި އަލިފާން ރޯވެއްޖެއެވެ.

ހުޅުމާލެ އަމީން އެވެނިއު ކައިރީގައި ހުންނަ ގެއެއްގެ ޓެރަސްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެކަން އެމްއެންޑީއެފަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 08:39 ގައެވެ. އަލިފާން ހިފާފައިވަނީ ޓެރަސްގައި ޓިނުން ހަދާފައިވާ ތަނެއްގައި ކަމަށް އެމްއެންޑީއެފުން މައުލޫމާތުދީފައި ވެއެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރުމަށް ހުޅުމާލެ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވާ ކަމަށާއި މިހާރު އަލިފާން ނިވާލުމުގައި 90 އިންސައްތަ ކޮންޓްރޯލް ކުރެވިއްޖެ ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާ ކަމަކަށް އަދި މައުލޫމާތު ލިބިފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން