ތިން ރަށެއްގައި ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކެއްގެ އަމަލީ މަސައްކަތް ފެށުމަށް އެމްޓީސީސީން ތައްޔާރުވެއްޖެ އެވެ.

މިމަޝްރޫޢު ތަކުގެ ތެރޭގައި ހިމެނޭ ރ. ހުޅުދުއްފާރު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި ސައިޓް މޮބިލައިޒްކޮށްފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ އަގަކީ 29.94 މިލިއަން

ރުފިޔާއެވެ.

މި މަޝްރޫޢުގެ ދަށުނ،ް 473 މީޓަރުގެ ގްރޮއިން ޖެހުމާއ،ި 320 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއ،ި 100 މީޓަރުގެ ލޯ

ކްރެސްޓެޑް ބޭރުތޮށި ލުމާއ،ި 20,500 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމުގެ މަސައްކަތް ހިމެނެއެވެ.

މީގެއިތުރުން ކެނދިކުޅުދޫ ބަނދަރާއި ދޯނި އެހެލާ ސަރަޙައްދު ތަރައްޤީ ކުރަން ވެސް މިހާރު ވަނީ ސައިޓް މޮބިލައިޒްކޮށްފައެވެ.

މި މަޝްރޫޢުގެ ދަށުނ،ް 28,393 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި 30,480 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއ،ި 12,968 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއ،ި 12,038 ކިއުބިކް މީޓަރުގެ ދޯނި އެހެލާ ސަރަޙައްދުގެ ބޭސިން ފުންކުރުމާއ،ި 14,220 ކިއުބިކް މީޓަރުގެ ދޯނި އެހެލާ ސަރަޙައްދުގެ ނެރު ފުންކުރުމާއ،ި 249 މީޓަރުގެ އެއްގަމުތޮށި ލުމާއ،ި 368 މީޓަރުގެ ބޭރުތޮށި ލުމާއ،ި 130 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއ،ި 246 މީޓަރުގެ ގްރޮއިން ޖެހުމާއ،ި 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއ،ި 86 މީޓަރު ދިގު 1.5 މީޓަރު ފުޅާ ޖެޓީއެއް ހެދުމާއ،ި 1990 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއ،ި ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމާއ،ި މޫރިންގ ބޮއެ ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މިިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ އަގަކީ

73.16 މިލިއަން ރުފިޔާއެވެ.

އެމްޓީސީސީން ބުނީ ނ. މާޅެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި މިހާރު ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުނ،ް 9,735 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ހާބަރ ބޭސިން ފުންކުރުމާއ،ި 73 މީޓަރުގެ ގްރޮއިން ޖެހުމާއ،ި 386 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއ،ި 175 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއ،ި 47 މީޓަރުގެ އެއްގަމުތޮށި ލުމާއ،ި 30 މީޓަރު ދިގު 4 މީޓަރު ފުޅާ ބްރިޖެއް ހެދުމާއ،ި ޖެ ޓީއެއް ހެދުމާއ،ި 928 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއ،ި ބަނދަރު ބައްތި އާއި މޫރިންގ ބޯއީސް ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ އަގަކީ 32.34 މިލިއަން ރުފިޔާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން