އެމްޑީޕީއަކީ ބަލި ގަބޫލުކޮށް، ކުރިއަށްދާން އެނގޭ ޕާޓީއެއްކަމަށް އެ ޕާޓީގެ ކުރީގެ ޗެއާރޕާސަން ރީކޯ މޫސަ މަނިކު ވިދާޅުވެއްޖެއެވެ.

ރީކޯ މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީން ސިޔާސީ ކަމަކަށް ނުކުތީމަ ދާނީ ކުރިއަށްކަމަށެވެ. އަދި އެމްޑީޕީއަކީ ބަލި ގަބޫލުކުރަން އެނގޭ ޕާޓީއެއްކަމަށްވެސް މޫސަ ވިދާޅުވިއެވެ.



މޫސަ ވިދާޅުވީ 8 ފެބްރުއަރީގައިވެސް މަގުމައްޗަށް ނުކުތީ އެމްޑީޕީގެ މެމްބަރުންކަމަށާއި 2013ގައި ބަލިވީމަވެސް ހިތްވަރުލާފަޢި ނުކުތީވެސް އެ ޕާޓީގެ މެމްބަރުންކަމަށެވެ.

"2023 އަދި އޮތީ ގަދަކޮށް މާއުޖާލާކޮށް" މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ އެމްޑީޕީގެ މެމްބަރުން ތިބީ ގަދަކޮށްކަމަށާއި ޕާޓީ ނުވެސްރޫޅޭނެކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު