އުޑުގައި ޖެހިފައި ބިމުގައި ޖެހޭ ވަރަށް އުފާ ފާޅުކުރަން އަދި މާ އަވަސް ކަމަށް ޔޫތު މިނިސްޓަރ އަޙްމަދު މަހްލޫފު ވިދާޅުވެއްޖެއެވެ.

އެމްޑީޕީއަށް ތާއީދު ނުކުރަށްވާ ފަރާތްތަކަށް އިޝާރަތް ކުރަށްވައި މިނިސްޓަރ މަހްލޫފް ވިދާޅުވީ މިވަގުތުކޮޅު އެމްޑީޕީއަށް މަލާމާތްކޮށްފައި އުފާ ފާޅުކުރަން އަދި މާ އަވަސް ކަމަށެވެ.

"ބައެއް ރަށްރަށުގައި އެމްޑީޕީ ހަރުގެދޮށަށް އެއްވެ އަދި ސޯޝަލް މީޑިއާގައި އެމްޑީޕީގެ މެންބަރުންނާއި ސަޕޯޓަރުންނަށް މަލާމާތާއި ފުރައްސާރަކުރާ ހިސާބަށް ތިޔަދިޔައީ އަދި މާއަވަހަށް. އުޑުގަޖެހިފަ ބިމުގައި ޖެހޭވަރަށް އުފާފާޅުކޮށް ބޮޑާވާވަރެއް އަދި ނުވޭ." މަހްލޫފް ވިދާޅުވެފައި ވެއެވެ.

މަހްލޫފް ވިދާޅުވީ ދެވަނަ ބުރު ކާމިޔާބުކުރައްވަން ބަދަހިކޮށް ބުރަ މަސައްކަތް ކުރައްވައިގެން އެމްޑީޕީގެ ސަރުކާރު ދެމެހެއްޓުމުގެ އުންމީދު ޔަގީންކަމަށެވެ.

މިވަގުތު އެ ޕާޓީން ދަނީ އެހެން ފަރާތްތަކާއި ކޯލިޝަން ހެދުމުގެ މަސައްކަތް ކުރަމުންނެވެ.

މާޒީން މިސާލު ނަންގަވައި މަހުލޫފު މީގެކުރިން ވިދާޅުވީ 2008 ވަނަ އަހަރުގެ ފުރަތަމަ ބުރުގައި ކުރީގެ ރައީސް މަޢުމޫން ޢަބްދުލް ޤައްޔޫމް 45 އިންސައްތަ ވޯޓު ހޯއްދެވިއިރު ދެވަނަ ބުރު ކާމިޔާބު ކުރެއްވީ ފުރަތަމަ ބުރުގައި 25 އިންސައްތަ ވޯޓު ހޯއްދެވި ރައީސް މުޙައްމަދު ނަޝީދު ކަމަށާއި 2013 ގެ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް ނަޝީދު 47 އިންސައްތަ ވޯޓު ހޯއްދަވާފައިވަނިކޮށް ފަހަތުން އަރާ ދެވަނަ ބުރު ކާމިޔާބުކުރެއްވީ ފުރަތަމަ ބުރުގައި 25 އިންސައްތަ ހޯއްދެވި ރައީސް ޔާމީން ޢަބްދުލް ޤައްޔޫމް ކަމަށެވެ.

އެހެންކަމުން، ވޯޓިންގ ޓްރެންޑަށް ބަލާފައި ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒަށްވެސް ދެވަނަ ބުރުން އިތުރު 5 އިންސައްތަ ވޯޓު ކާމިޔާބުނުކުރެއްވުން އެކަށީގެންވާ ކަމަށް މަހްލޫފު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


-5

ހާއުފާ

13-Sep-2023

"ގިނިދުތްމީހާ ރަތްމަލަށް ބިރުގަންނާނެ"



ޓްރެންޑިން