ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެމްޑީޕީއާއި ގުޅިވަޑައިގަތުމަކީ އޮތް ފުރުސަތެއް ކަަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ޕްރޮގުރާމެއްގައި ރޭ ވާހަކަ ދައްކަވަމުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ ޕީޕީއެމްއާއި ރައީސް ނަޝީދާ އެއްކޮށް މަސައްކަތް ކުރުމަކީ އޮތް ފުރުސަތެއް ނޫން ކަމަށާއި އޮތް ޖާގައެއް ވެސް ނޫން ކަމަށެވެ. އަދި އެމަނިކުފާނު އަލުން އެމްޑީޕީއާއި ގުޅިވަޑައިގަތުމުގެ ފުރުސަތު އެބައޮތް ކަމަށް މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފް ވިދާޅުވީ ދެވަނަ ބުރުގައި ވޯޓާއި ކުރިމަތިލާއިރު ރާއްޖޭގެ މުސްތަގުބަލަށް އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ އެމްޑީޕީ އާއި ރައީސް ނަޝީދާއި ޑިމޮކްރެޓްސް އިން ވިސްނާނެ ކަމަށެވެ.

"ރައީސް ސޯލިހް ވެސް ރައީސް ނަޝީދު ވެސް ހަމަ ގައިމު ވެސް މި ބޭބޭފުޅުންނަކަށް މާދަމާ ދެން މިގައުމަށް ވާނީ ކޮން ގޮތެއްތޯ އެއީ އޮންނާނެ ސުވާލެއް ނޫން، އަޅުގަނޑު ގަބޫލުކުރާގޮތުގައި ރައީސް ނަޝީދު އެމްޑީޕީ އާއި ގުުޅުމުގެ ފުރުސަތު، އެއްކޮށް މަސައްކަތް ކުރުމުގެ ފުރުސަތު ބޮޑުކަމަށް އަޅުގަނޑު ގަބޫލުކުރަނީ، އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ ޕީޕިއެމްއާއި ޑިމްކޮރެޓްސް އާއި ނޫންނަމަ ރައީސް ނަޝީދާއެއްކޮށް މަސައްކަތް ކުރުމަކީ އޮތް ފުރުސަތެއް ކަމަކަަށް، އޮތް ޖާގައެއް ނޫން އެއީކީ." މަހުލޫފް ވިދާޅުވިއެވެ.

މީގެ އިތުރުން މަހުލޫފް ވިދާޅުވީ، ދެވަނަ ބުރުގައި ކޯލިޝަންގެ މަޝްވަރާތައް ކުރަމުންދާ ކަމަށެވެ. އަދި އެކަމަށް ރައީސް ސާލިޙު ވެސް ޕާޓީގެ ތެރެއިން ކުރައްވަން ޖެހިވަޑައިގަންނަވާ މަސައްކަތްޕުޅުތައް ކުރައްވާނެ ކަމަށް މަހުލޫފް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން