2023ގެ ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރުގައި އެމްޑީޕީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ކާމިޔާބުކުރަށްވާނެ ކަމަށާއި، އިންތިހާބުގެ ފަހު ހާފުގައި އެމްޑީޕީއިން ލަނޑުޖަހާ ނަތީޖާ ނެރޭނެކަމަށް މަޝްހޫރު ޤާނޫނީ ވަކީލު އަލްއުސްތާޛް މުޙައްމަދު ނިޝާން އިބްރާހީމް ވިދާޅުވެއްޖެއެވެ.

ނިޝާން މިގޮތަށް ވިދާޅުވީ ސެޕްޓެމްބަރ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުއިއްޒު ކުރި ހޯއްދަވައި އިންތިހާބުގެ ދެވަނަ ބުރަކަށް ދާން ޖެހުމާއި ގުޅިގެންނެވެ.

އެކަމާ ގުޅިހެން ނިޝާން ވިދާޅުވީ، ދިވެހި ސިޔާސީ ތާރީހުގައި ނިމިދިޔަ ރިޔާސީ އިންތިހާބުތަކުގައި ކާމިޔާބުކޮށްފައިވަނީ 2 ވަނަ ހޯދާ ކެންޑިޑޭޓްކަމަށާއި، 2008 ގައި 2 ވަނަ ހޯދީ ރައީސް ނަޝީދުކަމަށާއި ދެވަނަ ބުރުގައި އެމަނިކުފާނު ކާމިޔާބުކުރެއްވިކަމަށެވެ.

އެކަން 2013 ގައި ތަކުރާރުވިކަން ފާހަގަކުރަމުން ނިޝާން ވިދާޅުވީ، އެއިންތިހާބުގައި 2 ވަނަ ހޯދީ ރައީސް ޔާމީނުކަމަށާއި، ރައީސް ޔާމީންވެސް އިންތިހާބު ކާމިޔާބުކުރިކަމަށެވެ. އެކަން އިތުރަށް 2023 ގައި ތަކުރާރުވާނެކަން ފާހަގަކުރަމުން ނިޝާން ވިދާޅުވީ، މިތާރީޙީ ހަޤީޤަތްތަކުން އެމްޑީޕީ މެންބަރުން ހިތްވަރު ލިބިގަންނަންވީ ކަމަށާއި، ވާންކޮށް ތެދުވަންވީ ވަގުތު ޖެހިއްޖެކަމަށެވެ.

އިންތިހާބު "އިބޫ" ކާމިޔާބުކުރަށްވާނެކަން ފާހަގަކުރައްވަމުން ނިޝާން ވިދާޅުވީ، އަދި މާޔޫސްވާން ގާތްނުވާކަމަށާއި، އިރުއަރާނީ އެމްޑީޕީ ވެރިކަމަށް ކަމަށެވެ. 2023 ނޮވެމްބަރ 11 ވަނަ ދުވަހު ހުވާކުރާނީ ރައީސް ޞާލިހު ކަމަށް ނިޝާން ތަކުރާރުކޮށް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


-4

ކާސިންޖީ

13-Sep-2023

- ވަރަށް އިޙުތިރާމާއެކު ދަންނަވާލަން އޮތީ 2008 ވަނަ އަހަރު ރައްޔިތުންގެ މެދުގައި އޮތީ ވެރިކަން ބަދަލުކުރުމުގެ ވަރަށް ވަރުގަދަ ރޫޙަކާއި ޖޯޝެކޭ. - މި ރޫޙާއި ޖޯޝު، މިހާރު ނެތްކަމަށް ވެސް ވިދާޅުވަނީ އިބޫއޭ. - ތާރީޚަކީ ކުރިން ކަމެއް ހިނގީތީ، ވީތީ އިޔާދަވާ އެއްޗެއް ނޫނޭ. ޚާއްޞަކޮށް ރައްޔިތުން ނިންމާ ނިންމުންތަކަކީ އޭރެއްގައި އޮންނަ ސިޔާސީ މަޝްރަޙު ބައްޓަންކުރާ ކަމެކޭ. - 2018 ވަނަ އަހަރު ކަން ހިނގާ ދިޔަގޮތަކީ ވަކިގޮތެއްކަމުގައި ބުނެ އެގޮތް އަދިވެސް ޤަބޫލުކޮށްގެން ތިބެ ޔާމީން ފުރަތަމަ ބުރުން ބަލިވެ ދެވަނަ ބުރުން މޮޅުވި ވާހަކަ ދެއްކުމަކީ ދެކޮޅުޖެހޭ ވާހަކައެއް ނޫނޭ. އަދި ތާރީޚު އިޔާދަވާން ޖެހޭ ހަމައެއްވެސް ނޫނޭ. - ފެށުމަކަށް ތިޔަ ވާހަކަ ގޯހެއް ނޫނޭ.


3

މުންޖިޗޭ

13-Sep-2023

ބަރުލަމާނީ ޓީމު ފެއިލްކޮށްލައްވާފަ މިހާރު ތިއުޅުއްވަނީ ރައީސްވެސް ބޮޑު ފޭއްޔަކުން ފެއިލްކުރައްވަންތޯ؟ ގަދަ ބަސް ވިދާޅުވުމަށް ވުރެ ހެޔޮމަގަށް މަގުދައްކަވާ ބޭފުޅަކު ކަމުގައި ވެލެއްވުން ބުއްދިވެރި.



ޓްރެންޑިން