ފޮޓޯ: ރައްޔިތުންގެ މަޖްލީސް
ފޮޓޯ: ރައްޔިތުންގެ މަޖްލީސް
ރައްޔިތުންގެ މަޖްލީހުގެ ރައީސް މުޙައްމަދު ނަޝީދާއި ރައްޔިތުންގެ މަޖްލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ވަކި ގޮތެއް ނިންމަން ވަގުތުކޮޅެއް ފިނުމަށް އެމްޑީޕީން އެދުމުން ހުސްވަގުތުކޮޅެއްދީ މިއަދުގެ މަޖްލީސް މެދުކަނޑާލައިފިއެވެ.

މަޖިލިސް ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކި ކުރަން އެމްޑީޕީގެ މިދިޔަ ޖޫންމަހު މަޖިލީހަށް ހުށަހެޅީ 50 އަށްވުރެ ގިނަ މެމްބަރުންގެ ސޮޔާއެކުއެވެ.

އެމްޑީޕީން އޭރު މައްސަލަ ހުށަހެޅީ މަޖިލީހުގެ ގަވައިދާއި ހިލާފަށް މަޖިލީހުގެ ރިޔާސަތުން އަމަލުކުރާކަމަށް ބުނެ އަދިވެސް އިތުފު ތުހުމަތު ތަކަކާއި އެކުގައެވެ.

މަޖިލިސް ރައީސް އާއި ނައިބު ރައީސް އީވާ މަގާމުން ވަކިކުރަން ވެރިކަންކުރާ އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައިވާ، އިތުބާރު ނެތްކަމުގެ މައްސަލަތައް އަނބުރާ ގެންދިއުމަށް އެ ޕާޓީން އިއްޔެ ވަނީ ނިންމާފައިވެއެވެ. މިއާއެކު މައްސަލައިގައި ސޮއިކުރެއްވި ބައެއް މެންބަރުންގެ ސޮއި ވަނީ އަނބުރާ ގެންދަވާފައެވެ.

އެހެން ނަމަވެސް، ރައްޔިތުންގެ މަޖްލީހުން ބުނީ އެ މައްސަލަތައް އެމްޑީޕީ ޕާލިއަމެންޓްރީ ގްރޫޕުން އަނބުރާ ގެންދިޔަ ކަމެއް މަޖްލީހަށް ނާންގާތީ، އެޖެންޑާގައި ތާވަލުކޮށްފައިވާ އުސޫލުން މިއަދުގެ ޖަލްސާގައި އެ މައްސަލަތައް ކުރިއަށްގެންދަވާނެ ކަމަށެވެ.

ރައީސް ނަޝީދާއި ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަ މިއަދު ކުރިއަށް ގެންދަވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމަނިކުފާނުގެ ތާއީދު އެމްޑީޕީއަށް ވަރަށް މުހިއްމުވެފައިވާ ދަނޑިވަޅެއްގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން