ދެވަނަ ބުރުގައި ކޯލިޝަނެއް ހެދުމުގެ މަޝްވަރާތައް ފައްޓަވާފައިވާ ކަމަށާއި، މަޝްވަރާތަކުން ފެހި ސިގްނަލެއް ލިބިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާލުވީ ރާއްޖެ ޓީވީގެ ޕްރޮގްރާމަކަށް ދެއްވި އިންޓަވިއު އެއްގައި ވާހަކަފުޅު ދައްކަވަމުންނެެވެ. އެ އިންޓަވިޔުގައި ރައީސް ޞާލިޙު ވިދާޅުވީ، ކޯލިޝަނެއް ޤާއިމު ކުރުމުގެ ވާހަކަތައް ބައެއް ޕާޓީތަކާއެކު އިއްޔެ ކުރިއަށް ގެންގޮސްފަައިވާ ކަމަށެވެ. އެ މަޝްވަރާތަކުން ފެހި ސިގްނަލެއް ލިބިވަޑައިގެންފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އެމްޑީޕީ އާއެކު ދެވަނަ ބުރުގައި ކުރިއަށްދާނެ ކަމުގެ ފެހި ސިގްނަލް ދެއްވާފައިވާ ބައެއް ބޭފުޅުން އެބަ ތިއްބެވި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އަދި ރަސްމީކޮށް އެކަން އިއުލާން ކުރެވޭ ހިސާބަކަށް ނުދޭ. އަޅުގަނޑުމެންގެ ދެން އޮތް މަސައްކަތަކަށް ވާނީ އެ މަސައްކަތް. އިރާދަކުރެއްވިއްޔާ ދެ ބަޔަކު ނުވަތަ ތިން ބަޔަކު އަޅުގަނޑުމެންނާއެކު އަރާނެ ކަމަށް މި ޤަބޫލު ކުރެވެނީ." ރައީސް ސާލިޙު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން