ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންވެސް ބޭނުންކުރައްވާނީ ފުރަތަަމަ ބުރުގައިވެސް ބޭނުންކުރެއްވި ކެންޑިޑޭޓު ނަމްބަރުކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތައަށްވުރެ މަތިން ވޯޓް ނުލިބުމުން ދެވަނަ ބުރެއް ވަނީ ބާއްވަން ޖެހިފައެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ. ވާދަކުރައްވަނީ އެންމެ ގިނަ ވޯޓް ލިބިވަޑައިގެންނެވި ޕީޕީއެމް، ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އާއި ވެރިކަންކުރާ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންވެސް ބޭނުންކުރައްވާނީ ފުރަތަަމަ ބުރުގައިވެސް ބޭނުންކުރެއްވި ކެންޑިޑޭޓު ނަމްބަރުކަމަށެވެ.

ރައީސް ސާލިހުގެ ކެންޑިޑޭޓް ނަމްބަރަކީ 3 އެވެ. ޑރ. މުއިއްޒުގެ ކެންޑިޑޭޓު ނަމްބަރަކީ 4އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން