ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައްޔިތުން ވޯޓު ދޭންވީ ވިސްނުން އިސްކޮށް، އަނިޔާވެރިކަމާ ދެކޮޅަށް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ރައީސް ސާލިހަށް ލިބިވަޑައިގެންނެވި ނާކާމިޔާބީ އާއި ގުޅިގެން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ ރައީސް ސޯލިހަށް ވޯޓު ދެއްވި ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑު ޝުކުރު އަދާކުރައްވާ ކަމަށާއި އެއީ ގައުމު އިސްކޮށްގެން ނިންމި ނިންމުމެއް ކަމަށެވެ.

އަދި އެކަމަނާގެ އުއްމީދަކީ ދެން ތިބި ފަރާތްތަކުން ވެސް ދެވަނަ ބުރުގައި ވިސްނުން އިސްކޮށް ކުލަޔަށް ނުބަލައި އަނިޔާވެރިކަމާ ހަމަނުޖެހުމާ ދެކޮޅަށް ވޯޓު ދެއްވުން ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.



މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް އިދިކޮޅު ކޯލިޝަން ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ވަނީ ކުރި ހޯއްދަވާފައެވެ. އިންތިހާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓަށް ވުރެ އިތުރަށް ވޯޓު ހޯދިފައި ނުވުމުން ދެވަނަ ބުރެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން