އަހުމަދު އިބްރާހިމް   11 ސެޕްޓެމްބަރު 2023 - 2:47
މާދަމާއަކީވެސް ސަރުކާރު ބަންދު ދުވަހެއްކަމުގައި ސަރުކާރުން ހަމަޖައްސަވައިފިއެވެ.

ރައީސް އޮފީހުން ނެރުނު ޢިއުލާނެއްގައިވަނީ މިގޮތަށް ނިންމީ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބާ ގުޅިގެން އިންތިޚާބުގެ އެކިއެކި ކަންކަމުގައި ގިނަ ޢަދަދެއްގެ މުވައްޒަފުން ޙަރަކާތްތެރިވެފައިވާތީއާއި އެކިއެކި ކަންކަމުގައި ކުރި މަސައްކަތްތައް އަދިވެސް މުޅިން ނުނިމޭތީ ކަމަށެވެ.

އަދި ވޯޓާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް އަދިވެސް މުޅިން ނުނިމޭތީ މާދަމާވެސް ބަންދުދުވަހެއްގެގޮތުގައި ހަމަޖެއްސުމަށް އިލެކްޝަންސް ކޮމިޝަނުން އެދިފައިވާކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.

އެހެންކަމުން ސެޕްޓެމްބަރު 11 ވަނަ ދުވަހަކީވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސުމަށް ވަނީ ނިންމާފައިކަމަށް ރައީސް އޮފީހުން ބުނެފައި ވެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބާ ގުޅިގެން ސެޕްޓެންބަރު މަހުގެ 10 ވަނަ ދުވަހަކީވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އޮތީ ކަނޑައަޅުއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން