މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ބަލިވި ކެންޑިޑޭޓުން އެމަނިކުފާނާއި ގުޅިގެން މަސައްކަތް ކުރުމަށް އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދަޢުވަތު ދެއްވައިފިއެެވެ.

"ޝުކުރިއްޔާ ދިވެހިންގެ ނަމުގައި" އާޓިފިޝަލް ބީޗުގައި ބޭއްވި އެއްވުމުގައި މުއިއްޒު ވަނީ އިންތިހާބުގެ ފުރަތަމަ ބުރުގައި ނާކާމިޔާބުވީ ހުރިހާ ފަރާތްތައް އެމަނިކުފާނާއި ގުޅުމަށް ދައުވަތު ދެއްވާފައެވެ. މުއިއްޒު ވިދާޅުވީ އެމަނިކުފާނު ދިއްކުރައްވާނީ ރަހުމަތްތެރި ކަމުގެ އަތެއް ކަމަށެވެ. އަދި ގައުމު އިސްކޮށް، މިނިވަން ކަމާއި ތަރައްގީއަށް އިސްކަންދޭ ހުރިހާ ޕާޓީތަކަކާއެކު ކުރިއަށް ދެވޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ބާކީ އޮތް 19 ދުވަހަކީ މުހިއްމު ދުވަސްތަކެއް ކަމަށެވެ. އަދި ވަރުގަދައަށް ގައުމީ މަސައްކަތެއްގެ ގޮތުގައި ކޮންމެ މީހަކު ވެސް އިތުރު އެއް ވޯޓު ހޯދަން މަސައްކަތް ކުރުމަށް މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން