އަހުމަދު މަސްނޫމް   7 ސެޕްޓެމްބަރު 2023 - 21:51
ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ގާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ އާދަމް އާސިފް އެމްޑީޕީއާއި ގުޅިވަޑައިގެންފިއެވެ.

އާސިފް ވަނީ އެމްޑީޕީއަށް ސޮއިކުރެއްވުމަށްފަހު އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާ މިރޭ ފޯމް ހަވާލުކުރައްވާފައެވެ.

ޕީޕީއެމްގެ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވެފައިވާ އާސިފަކީ ޕީޕީއެމްގެ މުޒާހަރާތަކުން ހައްޔަރުކުރާ މީހުންގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ވެސް ހަރަކާތްތެރިވަމުން އަންނަ ބޭފުޅެކެެވެ.

އެމްޑީޕީ އާއި ގުޅިވަޑައިގެންނެވިއިރު އާސިފް ހުންނެވީ ޕީޕީއެމްގެ އިސްތިއުނާފް ކޮމެޓީގެ މެންބަރުކަމުގެ މަގާމުގައެވެ.



ކިޔުންތެރިންގެ ހިޔާލު