މޫސާ ޢަލީ (ހާސާ)   6 ސެޕްޓެމްބަރު 2023 - 6:25
ރަތްވިލާގޯޅީގައި ހުންނަ "ވެގަ ޕޮއިންޓް" ފިހާރައިގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެފިހާރަ އަނދާ ހުލިވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ މިހާދިސާގެ މަޢުލޫމާތު އެފްއާރުއެސްއަށް ލިބިފައިވަނީ ރޭ ފަތިހު 04:37 ހާއިރު ކަމަށެވެ.

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުން އަލިފާން ނިއްވުމުގައި ވަނީ ހަރަކާތްތެރިވެފައެވެ. ނަމަވެސް އަލިފާނުގެ ސަބަބުން މުޅި ފިހާރަ ވަނީ އަނދާ ހުލިވެފައެވެ.



މިޙާދިސާގައި މީހަކަށް އަނިޔާއެއް ލިބުނުކަމުގެ މަޢުލޫމާތެއް މިހާތަނަށްިބިފައިނުވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.



ކިޔުންތެރިންގެ ހިޔާލު