ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން މެދު ރާއްޖެތެރެއަށް ރީނދޫ ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން ބުނީ މިއަދު ހެނދުނު 6:20 އިން ފެށިގެން 9:00 އާއި ހަމައަށް މާލެ އަތޮޅުން ފެށިގެން ލ.އަތޮޅާ ހަމައަށް މޫސުން ގޯސްވާނެ ކަމަށެވެ. އަދި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކުރެވޭކަމަށާ، ވައިގަދަވެ ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެވެ.
މީގެއިތުރުން މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ މިއަދު ހެނދުނު 6 އިން މެންދުރު 12 ޖެހުމާ ހަމައަށް މުޅި ރާއްޖެއަށް ވައިޓް އެލާޓްވެސް ނެރެފައެވެ. މުޅި ރާއްޖެއަށްވެސް ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

Yellow advisory for torrential rain and thunderstorms with gusts of 45 mph. pic.twitter.com/mvcx1OxhKV
— Maldives Meteorology (@MetMaldives) September 1, 2023
މީގެއިތުރުން މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ މިއަދު ހެނދުނު 6 އިން މެންދުރު 12 ޖެހުމާ ހަމައަށް މުޅި ރާއްޖެއަށް ވައިޓް އެލާޓްވެސް ނެރެފައެވެ. މުޅި ރާއްޖެއަށްވެސް ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
ކިޔުންތެރިންގެ ހިޔާލު