ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ހިޔާ ފްލެޓުތަކަށް ދައްކަން ޖެހޭ ފައިސާ މާފުކޮށްދެއްވާނެކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޖުމްހޫރީ ޕާޓީގެ ކެމްޕެއިން ޖަގަހައެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ގާސިމް ވިދާޅުވީ މި ސަރުކާރުން އެއް ގައުމަކުން 3 ބިލިއަން ޑޮލަރުގެ ދަރަނި ނަގާފައިވާކަމާއި އެތަކެއް މަޝްރޫއެއް ފެށި ނަމަވެސް މީގެން އެއްވެސް ކަމެއް ދައުރު ނިމޭ އިރު ނިމިފައި ނުވާކަމަށެވެ..
އަދި ހަމަ އެހެންމެ އެސް. އެމް. އީ ލޯނުތަކަކީ ސިޔާސީ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތްތަކަށް ދީފައިވާ ލޯނުތަކެއް ކަމަށާއި އެ ލޯނުތަކީ އާންމު ރައްޔިތުންނަށް އަނބުރާ ދައްކަން ދަތިވާނެ ގޮތްގޮތަށް ދީފައިވާ ލޯނުތަކެއްކަން ފާހަގަކުރިއެވެ. އަދި ޤާސިމް އިބްރާހިމްގެ ވެރިކަމެއްގައި މިފަދަ ލޯނުތައް މާފުކުރާނެކަމަށް ވެވަޑައިގެންފައިވާ ވައުދު ތަކުރާރު ކުރެއްވިއެވެ.
ގާސިމް ވިދާޅުވީ ހުޅުމާލޭގެ ފޭސް 2 ގެ ހިޔާ ފްލެޓުތަކުގައި ދިރިއުޅުއްވާ ރައްޔިތުންނަކީ އެންމެ ރަނގަޅު ހާލަތްތަކުގައި ދިރިއުޅެމުން ގެންދަވާ ރައްޔިތުން ނޫންކަން އެނގިވަޑައިގަންނަވާކަމަށެވެ. މިފަދަ ސަބަބުތަކާއި ހުރެ އެ މަނިކުފާނުގެ ސަރުކާރެއްގައި ހިޔާ ފްލެޓުތަކަށް ދައްކަން ޖެހޭ ފައިސާ މާފުކޮށްދެއްވާނެ ކަމަށްވެސް ގާސިމް ވައުދުވެވަޑައިގަތެވެ.
ހުޅުމާލޭގެ ފޭސް 2 ގެ ލޮޓް ނަމްބަރ 20041 ގައި ހުންނަ މި ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ޤައުމީ ލީޑަރ، އޮނަރަބަލް ޤާސިމް އިބްރާހިމް އަދި އެމަނިކުފާނުގެ ރަނިންގ މޭޓް ޑރ. އަމީން އިބްރާހިމާއި ޖުމްހޫރީ ޕާޓިގެ އިސް ބޭފުޅުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ޖުމްހޫރީ ޕާޓީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވެއެވެ.
މި ރަސްމިއްޔާތުގައި ޤައުމީ ކެންޑިޑޭޓް، ހޮނަރަބަލް ޤާސިމް އިބްރާހިމްގެ އިތުރުން މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން، ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރ އައިޝަތު ނަހުލާ، ޖުމްހޫރީ ޕާޓީ ރިޔާސީ ކެންޑިޑޭޓު އޮނަރަބަލް ޤާސިމް އިބްރާހީމްގެ ރަނިންމޭޓު ޑރ. އަމީން އިބްރާހީމް، އޮނަރަބަލް ޢަލީ ވަޙީދު، ޖުމްހޫރީ ޕާޓީގެ ސްޕެޝަލް އެންވޯއީ އޮނަރަބަލް އިލްހާމް އަޙުމަދު އަދި ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙީދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ހުޅުމާލޭގައި ހުޅުވިފައިވާ ޖުމްހޫރީ ޕާޓީގެ އިތުރު ޖަގަހަތަކުގެ ތެރޭގައި ފޭސް 1، ރަބަރުގަސްމަގު 6، ލޮޓް ނަމްބަރ 11292 ގައި ވެސް ދާދި ފަހުން ޖަގަހައެއް ވަނީ ހުޅުވާފައެވެ. އަދި އިތުރު ޖަގަހައެއް ޖުމްހޫރީ ޕާޓީގެ އަންހެން ބޭފުޅުންނަށް ޙާއްސަކޮށް ހުޅުމާލޭގެ ހަލަވެލި މަގުގައިވެސް ވަނީ ހުޅުވާފައެވެ.

Opening of @JPSecretariat ‘s Hulhumalé Phase-2 Jagaha. #Haaskandaalaahamajeheyne #QasimAmeen pic.twitter.com/WJ1fME8oHB
— Ahmed Nihan (@ahmed_nihan) August 31, 2023
ހުޅުމާލޭގެ ފޭސް 2 ގެ ލޮޓް ނަމްބަރ 20041 ގައި ހުންނަ މި ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ޤައުމީ ލީޑަރ، އޮނަރަބަލް ޤާސިމް އިބްރާހިމް އަދި އެމަނިކުފާނުގެ ރަނިންގ މޭޓް ޑރ. އަމީން އިބްރާހިމާއި ޖުމްހޫރީ ޕާޓިގެ އިސް ބޭފުޅުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ޖުމްހޫރީ ޕާޓީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވެއެވެ.
މި ރަސްމިއްޔާތުގައި ޤައުމީ ކެންޑިޑޭޓް، ހޮނަރަބަލް ޤާސިމް އިބްރާހިމްގެ އިތުރުން މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން، ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރ އައިޝަތު ނަހުލާ، ޖުމްހޫރީ ޕާޓީ ރިޔާސީ ކެންޑިޑޭޓު އޮނަރަބަލް ޤާސިމް އިބްރާހީމްގެ ރަނިންމޭޓު ޑރ. އަމީން އިބްރާހީމް، އޮނަރަބަލް ޢަލީ ވަޙީދު، ޖުމްހޫރީ ޕާޓީގެ ސްޕެޝަލް އެންވޯއީ އޮނަރަބަލް އިލްހާމް އަޙުމަދު އަދި ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙީދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ހުޅުމާލޭގައި ހުޅުވިފައިވާ ޖުމްހޫރީ ޕާޓީގެ އިތުރު ޖަގަހަތަކުގެ ތެރޭގައި ފޭސް 1، ރަބަރުގަސްމަގު 6، ލޮޓް ނަމްބަރ 11292 ގައި ވެސް ދާދި ފަހުން ޖަގަހައެއް ވަނީ ހުޅުވާފައެވެ. އަދި އިތުރު ޖަގަހައެއް ޖުމްހޫރީ ޕާޓީގެ އަންހެން ބޭފުޅުންނަށް ޙާއްސަކޮށް ހުޅުމާލޭގެ ހަލަވެލި މަގުގައިވެސް ވަނީ ހުޅުވާފައެވެ.
ކިޔުންތެރިންގެ ހިޔާލު