ރައީސް އިބްރާހިމް މުޙައްމަދު ސާލިޙުގެ ސަރުކާރުގެ ފަސް އަހަރު ރާއްޖޭގެ ހުރިހާ ކަމެއް ވެސް ވަނީ ބޮޑު އަނދަވަޅެއްގެ ތެރޭގައި ކަމަށް ޕީޕިއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ޅ. ނައިފަރުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޕީޕިއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މިދިޔަ ފަސް އަހަރު ރާއްޖޭގެ ހުރިހާ ކަމެއް ވެސް ވަނީ ބޮޑު އަނދަވަޅެއްގެ ތެރޭގައި ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގައި ރައްޔިތުން ނިންމަން އޮތީ އަނދަވަޅުގައި ތިބޭނީތޯ ނުވަތަ އެކަމުން އަރައިގަންނާނީތޯ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.
މާލޭ ސިޓީގެ މޭޔަރު ކަން ވެސް ކުރަށްވާ ޑރ. މުއިއްޒު ވަނީ ރޭގެ ޖަލްސާގައި ބައެެއް ވައުދުތައް ވެސް ހާމަކުރަށްވާފައެވެ. އެގޮތުން ވެރިކަން ލިބިވަޑައިގެންފިނަމަ ހައްޖު ކޯޓާ 2،000 އަށް އިތުރު ކުރަން ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްއާ މަޝްވަރާ ކުރަށްވައި އެކަމަށް މަސައްކަތް ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ސަރުކާރެއްގައި ދިވެހި ފުޓްބޯޅަ މިހާރު އޮތް އަނދަވަޅުން ނަގާ ކޮޅަށް ޖަހަން ވެސް ވަރަށް ގިނަ މަސައްކަތް ކުރަށްވާނެ ކަމުގެ ޔަގީން ވެސް މުއިއްޒު ދެއްވިއެވެ. ކުރީގެ ހައުސިން މިނިސްޓަރު ކަން ވެސް ކުރެއްވި މުއިއްޒު ވިދާޅުވީ ރަށްރަށުގައި ސަރުކާރުން މިހާރު އަޅާފައިވާ ހައުސިން ޔުނިޓްތަކުގެ ކުލި ކުޑަކުރަށްވާނެ ކަމަށެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ ނައިފަރުގެ ފަޅުން 45 ހެކްޓަރުގެ ބިން ހިއްކައި އަދި އެ ތަން ތަރައްގީ ކުރާނެ ކަމަށެވެ. އަދި މިހާރު ނައިފަރުގައި ހިއްކާފައި އޮތް ބިމުން 80 ގޯއްޗާއި 400 ހައުސިން ޔުނިޓްގެ މަޝްރޫއުއެއް ހިންގުމަށް ވެސް މުއިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ.
މީގެ އިތުރުން ނައިފަރުގެ ބިން ހިއްކައި، އާ ބަނދަރެއް ނައިފަރުގައި ހަދާނެ ކަމަށާއި އަދި، ފެނާއި ނަރުދަމާ އަދި ކަރަންޓުގައި ދިމާވެފައިވާ ހުރިހާ މައްސަލައެއް ހައްލު ކުރާނެ ކަމުގެ ޔަގީން ކަން ވެސް މުއިއްޒު ވަނީ ދެއްވާފައެވެ. މީގެއިތުރުން ނައިފަރުގައި އައިސްޕްލާންޓަކާއި ސްލިޕްވޭއެއް އަޅުއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެެވެ.

PPM PNC ge Riyaasee Candidate Dr. Mohamed Muizzu Lh. Naifaru rayyithunnaa badhdhalu kurevvun @MMuizzu#Vote4Muizzu#DrMuizzuSembe#DhiveheengeRaajje #FreePresidentYameen pic.twitter.com/sxt2IBEhL9
— Progressive Party of Maldives (@ProgressPartyMV) August 31, 2023
މާލޭ ސިޓީގެ މޭޔަރު ކަން ވެސް ކުރަށްވާ ޑރ. މުއިއްޒު ވަނީ ރޭގެ ޖަލްސާގައި ބައެެއް ވައުދުތައް ވެސް ހާމަކުރަށްވާފައެވެ. އެގޮތުން ވެރިކަން ލިބިވަޑައިގެންފިނަމަ ހައްޖު ކޯޓާ 2،000 އަށް އިތުރު ކުރަން ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްއާ މަޝްވަރާ ކުރަށްވައި އެކަމަށް މަސައްކަތް ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ސަރުކާރެއްގައި ދިވެހި ފުޓްބޯޅަ މިހާރު އޮތް އަނދަވަޅުން ނަގާ ކޮޅަށް ޖަހަން ވެސް ވަރަށް ގިނަ މަސައްކަތް ކުރަށްވާނެ ކަމުގެ ޔަގީން ވެސް މުއިއްޒު ދެއްވިއެވެ. ކުރީގެ ހައުސިން މިނިސްޓަރު ކަން ވެސް ކުރެއްވި މުއިއްޒު ވިދާޅުވީ ރަށްރަށުގައި ސަރުކާރުން މިހާރު އަޅާފައިވާ ހައުސިން ޔުނިޓްތަކުގެ ކުލި ކުޑަކުރަށްވާނެ ކަމަށެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ ނައިފަރުގެ ފަޅުން 45 ހެކްޓަރުގެ ބިން ހިއްކައި އަދި އެ ތަން ތަރައްގީ ކުރާނެ ކަމަށެވެ. އަދި މިހާރު ނައިފަރުގައި ހިއްކާފައި އޮތް ބިމުން 80 ގޯއްޗާއި 400 ހައުސިން ޔުނިޓްގެ މަޝްރޫއުއެއް ހިންގުމަށް ވެސް މުއިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ.
މީގެ އިތުރުން ނައިފަރުގެ ބިން ހިއްކައި، އާ ބަނދަރެއް ނައިފަރުގައި ހަދާނެ ކަމަށާއި އަދި، ފެނާއި ނަރުދަމާ އަދި ކަރަންޓުގައި ދިމާވެފައިވާ ހުރިހާ މައްސަލައެއް ހައްލު ކުރާނެ ކަމުގެ ޔަގީން ކަން ވެސް މުއިއްޒު ވަނީ ދެއްވާފައެވެ. މީގެއިތުރުން ނައިފަރުގައި އައިސްޕްލާންޓަކާއި ސްލިޕްވޭއެއް އަޅުއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެެވެ.
ކިޔުންތެރިންގެ ހިޔާލު