ރިޔާސީ ދެވަނަ ދައުރެެއް ނިމޭއިރު މުޅި ރާއްޖެއިން ތަފާތުކުރުން އެއްކޮށް ނައްތާލާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
ޅ. ހިންނަވަރުގައި މިރޭ ބޭއްވި އުފާވެރި އަމާން ރާއްޖެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ވެރިކަމުގެ ދެވަނަ ދައުރެެއްގައި އެމްޑީޕީގެ މެނިފެސްޓޯގެ ސިޔާސަތު ތަންފީޒުކޮށް ނިމޭއިރު މުޅި ރާއްޖެއިން ތަފާތުކުރުން ނައްތާލާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ ދެވަނަ ދައުރު ނިމޭއިރު ރާއްޖޭގެ ކޮންމެ ރަށެއް ވާނީ ދަތިތައް ފިލައި، ދިރިއުޅެން ރަނގަޅު ރަށަކަށް ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.
ސަރުކާރުން ތަރައްގީގެ މަސައްކަތްތައް ކުރަމުންދަނީ ރާއްޖޭގެ ރަށްރަށުގެ ރައްޔިތުން ބޭނުންވާ ކަންކަން އެނގި ތިބެގެން ކަމަށް ރައީސް ވިދާޅުވިއެވެ.
"އެއީ އަޅުގަނޑުމެން މުޅި ރާއްޖެއަށް ގެންނަން ބޭނުންވި ބަދަލަކީ، އިރާދަކުރެއްވިއްޔާ އެކަން އަޅުގަނޑުމެން ކުރަމުން މިގެންދަނީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މި ސިޔާސަތުތައް ކުރިއަށް މި އޮތް ދައުރުގައި ތަންފީޒުކޮށް ނިމޭއިރުގައި މި ދެންނެވި ތަފާތުކުރުންތައް މުޅި ރާއްޖެއިން ނައްތާލެވި މިއިން ކޮންމެ ރަށަކީ އަނެއްކާވެސް ދިރިއުޅެން ރަނގަޅު އުފާވެރި ހަމަޖެހޭ، އާއިލާއާއިއެކީ އުޅެވޭވަރުގެ ރަށަކަށް އަޅުގަނޑުމެންނަށް ބަދަލުކުރެވޭނެ،" އުފަން ރަށުގައި ހުންނަވައި ރައްޔިތުންނާއި ބައްދަލު ކުރަށްވަމުން ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، އާބާދީ ބޮޑު ރަށްތަކުގައި ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް އަދިވެސް އެބަހުރި ކަަމަށެވެ. އަދި އެއީ އެ ރަށްތަކަށް ސަރުކާރުތަކުން އަޅައިނުލައި 30، 40 އަހަރު އޮތުމުން ކަންވީ ގޮތް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ނިކުމެ ވަޑަައިގެން ހުންނެވީ އެކަން ބަދަލު ކުރެއްވުމަށްް ކަމަށެވެ. ރައީސް ވަނީ އުފަން ރަށުގައި އުޅުއްވި ދުވަސްވަރުގެ ދަތި އުނދަގޫ ހިތްދަތި ހަނދާންތައް ވެސް އާކުރަށްވާފައެވެ.
އެގޮތުން ރަށުގައި އެމަނިކުފާނު އުޅުއްވިއިރު ސާފު ބޯފެނާއި ނަރުދަމާ އާއި ލަފާފުރުން ފަދަ އެތައް ކަމަކުން މަހްރޫމްވެފައިވާ ކަމަށާއި މުޅި ރާއްޖޭގެ ގިނަ ރައްތަކުގެ ރައްޔިތުން ވެސް ރަށުގައި ދިރިއުޅުނީ އެ ދަތި ހާލުގައި ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ހިންނަވަރަށް ގިނަ ވައުދުތަކެއް ވެވަޑައިގެންފައެވެ. ރައީސް ވިދާޅުވީ އަންނަ ދައުރުގެ ތެރޭގައި ހިންނަވަރުގެ ބިން އިތުރަށް ހިއްކައި އަދި އިތުރު 200 ހައުސިން ޔުނިޓު ނޫނީ ރޯ ހައުސް އަޅައިދެެއްވާނެ ކަމަަށެވެ. އަދި ހިންނަވަރުގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް އަޅައި ދިނުމުގެ އިތުރުން ރަށު ސްކޫލަށް ބޭނުންވާ އާ އެޑްމިން އިމާރާތާއި ކްލާސްރޫމު އަޅުއްވައި ދެެއްވާނެ ކަމަަށް ރައީސް ސާލިޙު ވިދާޅުވިއެވެެ.

“ އުފާވެރި އަމާން ރާއްޖެ “ ޅ.ހިންނަވަރު ކެމްޕެއިން ޖަލްސާ ފެށިގެން ކުރިއަށް
— Hussain Shafiu #Ibu2023 (@charly_thuthu) August 31, 2023
ގުޅިފައިވާ ޕާރޓީ ތަކުގެ ރިޔާސީ ކެންޑިޑެޓް ރައީސް އިބޫ ވާހަަކަފުޅުދެއްކެވުން
ފާދިއްޕޮޅު އޮތީ ގަދަކޮށް ބޮޑުތަނުން ރައީސް އިބޫ ނަގާނެ 💛
#IbuAslam2023
#UfaaveriAmaanRaajje pic.twitter.com/jTk93BqBz8
"އެއީ އަޅުގަނޑުމެން މުޅި ރާއްޖެއަށް ގެންނަން ބޭނުންވި ބަދަލަކީ، އިރާދަކުރެއްވިއްޔާ އެކަން އަޅުގަނޑުމެން ކުރަމުން މިގެންދަނީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މި ސިޔާސަތުތައް ކުރިއަށް މި އޮތް ދައުރުގައި ތަންފީޒުކޮށް ނިމޭއިރުގައި މި ދެންނެވި ތަފާތުކުރުންތައް މުޅި ރާއްޖެއިން ނައްތާލެވި މިއިން ކޮންމެ ރަށަކީ އަނެއްކާވެސް ދިރިއުޅެން ރަނގަޅު އުފާވެރި ހަމަޖެހޭ، އާއިލާއާއިއެކީ އުޅެވޭވަރުގެ ރަށަކަށް އަޅުގަނޑުމެންނަށް ބަދަލުކުރެވޭނެ،" އުފަން ރަށުގައި ހުންނަވައި ރައްޔިތުންނާއި ބައްދަލު ކުރަށްވަމުން ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، އާބާދީ ބޮޑު ރަށްތަކުގައި ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް އަދިވެސް އެބަހުރި ކަަމަށެވެ. އަދި އެއީ އެ ރަށްތަކަށް ސަރުކާރުތަކުން އަޅައިނުލައި 30، 40 އަހަރު އޮތުމުން ކަންވީ ގޮތް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ނިކުމެ ވަޑަައިގެން ހުންނެވީ އެކަން ބަދަލު ކުރެއްވުމަށްް ކަމަށެވެ. ރައީސް ވަނީ އުފަން ރަށުގައި އުޅުއްވި ދުވަސްވަރުގެ ދަތި އުނދަގޫ ހިތްދަތި ހަނދާންތައް ވެސް އާކުރަށްވާފައެވެ.
އެގޮތުން ރަށުގައި އެމަނިކުފާނު އުޅުއްވިއިރު ސާފު ބޯފެނާއި ނަރުދަމާ އާއި ލަފާފުރުން ފަދަ އެތައް ކަމަކުން މަހްރޫމްވެފައިވާ ކަމަށާއި މުޅި ރާއްޖޭގެ ގިނަ ރައްތަކުގެ ރައްޔިތުން ވެސް ރަށުގައި ދިރިއުޅުނީ އެ ދަތި ހާލުގައި ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ހިންނަވަރަށް ގިނަ ވައުދުތަކެއް ވެވަޑައިގެންފައެވެ. ރައީސް ވިދާޅުވީ އަންނަ ދައުރުގެ ތެރޭގައި ހިންނަވަރުގެ ބިން އިތުރަށް ހިއްކައި އަދި އިތުރު 200 ހައުސިން ޔުނިޓު ނޫނީ ރޯ ހައުސް އަޅައިދެެއްވާނެ ކަމަަށެވެ. އަދި ހިންނަވަރުގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް އަޅައި ދިނުމުގެ އިތުރުން ރަށު ސްކޫލަށް ބޭނުންވާ އާ އެޑްމިން އިމާރާތާއި ކްލާސްރޫމު އަޅުއްވައި ދެެއްވާނެ ކަމަަށް ރައީސް ސާލިޙު ވިދާޅުވިއެވެެ.
ކިޔުންތެރިންގެ ހިޔާލު