މާލެއާއި މުޅި ރާއްޖެއަށް ވެސް އެންމެ ރަނގަޅުވާނީ އެމަނިކުފާނު ވެރިކަމަށް ގެނެސްގެން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ, އެމަނިކުފާނުގެ އުފަން ރަށް ފާދިއްޕޮޅު ހިންނަވަރުގައި މިރޭ ބޭއްވި އުފާވެރި އަމާން ރާއްޖެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެެވެ. މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވީ އަންނަ ސެޕްޓެންބަރު މަހުގެ 09 ވަނަ ދުވަހު ރައްޔިތުން ރިޔާސީ އިންތިހާބުގައި ވޯޓްލާން ނިކުންނައިރު 2018 ވަނަ އަހަރުގެ ފަހުން ކަންތައްތައް ވީގޮތާއި މެދު ރައްޔިތުން ވިސްނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ހިންނަވަރު ރައްޔިތުން ތިބީ ގޮތް ނިންމައިގެން ކަމަށާއި އެ ނިންމުން ބަދަލުނުވާނެ ކަމަށެވެ. އަދި ހިންނަވަރުގެ ރައްޔިތުންނާއި މާލެ އާއި މުޅި ރާއްޖޭގެ ރައްޔިތުންނަށް ވެސް އެންމެ ރަނގަޅުވާނީ އެމަނިކުފާނު ވެެރިކަމަށް ގެނެސްގެން ކަމަށް ރައީސް ވިދާޅުވިއެވެ.
"ނައިފަރުގެ ރައްޔިތުންނަށް ވެސް ރަނގަޅުވާނީ އަޅުގަނޑު ހޮވައިގެން، ފާދިއްޕޮޅުގެ ހުރިހާ ރައްޔިތުންނަށް ވެސް ރަނގަޅުވާނީ އަޅުގަނޑު ހޮވައިގެން، މާލެއިން އުތުރުގެ ހުރިހާ ރަށަކަށް އެންމެ ރަނގަޅުވާނީ އަޅުގަނޑު ވެރިކަމަށް އައިސްގެން. މާލޭގެ ރައްޔިތުންނަށް ރަނގަޅުވާނީ އަޅުގަނޑު އަދި އެއްފަހަރު ވެރިކަމުގައި ބަހައްޓައިގެން. އަދި ދެކުނުގެ ހުރިހާ ރަށަކަށް ވެސް އެންމެ ރަނގަޅުވާނީ އަޅުގަނޑު ވެރިކަމަށް ހޮވައިގެން،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ ރިޔާސީ ކެމްޕޭންގައި ހއ.އަތޮޅުގެ ހުރިހާ ރަށަކަށާއި ށ. އަތޮޅާއި ނ.އަތޮޅާއި ރ. އަތޮޅާއި ބ.އަތޮޅާއި ޅ. އަތޮޅުގެ ހުރިހާ ރަށަކަށް ޒިޔާރަތް ކުރަށްވާފައިވާ ކަމަށެވެ. އަދި އއ. އަތޮޅާ ވ. އަތޮޅާއި ދ. އަތޮޅާ ތ. އަތޮޅާ ލ. އަދި ގއ. ގދ. އަތޮޅާއި ފުވައްމުލަކަށް އެމަނިކުފާނު ޒިޔާރަތް ކުރަށްވާފައިވާއިރު މ.އަތޮޅާއި މާލެ އަތޮޅުގެ ބައެއް ރަށްރަށައް ވަޑައިގެންފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ކެމްޕޭން ދަތުރުތަކުން ފެނިވަޑައިގަތީ ވަރަށް ތަފާތު ބޮޑުކޮށް އިންތިހާބު އެއްބުރުން އެމަނިކުފާނު
ކާމިޔާބު ކުރަށްވާ މަންޒަރު ކަމަށެވެ.
"ތިބޭފުޅުން ކުރިއަށް ވަޑައިގަންނަވާ، ކުރިއަށް ވަޑައިގަންނަވާ ކުރިއަށް ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް، ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް އެންމެން އެކުގައި ކުރިއަށް ކުރިއަށް، ބާރަށް ކުރިއަށް،" ވަރަށް ޖޯޝާއި ފޯރީގައި ކުރިއަށް ގެންދިޔަ ވާހަކަފުޅު ނިންމަވާލައްވަމުން ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު