ބަޔަކު އެމްޑީޕީއާ މެދު ހިތްހަމަނުޖެހިގެން ވަކިވިޔަސް ހީކުރިވަރުގެ ލޮޅުމެއް ޕާޓީއަށް ނާންނަކަމަަށް އެ ޕާޓީގެ ކުރީގެ ޑެޕިއުޓީ ޗެއަރޕާސަން އަދި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.
އަލީ ނިޔާޒް މިހެން ވިދާޅުވީ އެމްޑީޕީން ރިޔާސީ ކެމްޕެއިންގެ ތެރެއިން ލަންކާގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އަލީ ނިޔާޒު ވިދާޅުވީ މީގެކުރިންވެސް ހުރިހާ އިންތިހާބެއްގައިވެސް ލަންކާގެ މެޖޯރިޓީ ލިބިފައިވަނީ އެމްޑީޕީއަށްކަމަށާއި އަދި މިފަހަރުގެ އިންތިހާބުގައިވެސް މެޖޯރިޓީ ލިބޭނީ އެމްޑީޕީއަށްކަން ޔަގީންކަމަށެވެ.
އަލީ ނިޔާޒު ވިދާޅުވީ މިއީ ވެރިކަމުގައި ތިބެ ދެ ވަނަ ދައުރެއް ހޯދަން އެމްޑީޕީއަށް ލިބޭ ރަނުގެ ފުރުސަތެއްކަމަށެވެ. އަދި އެ ކަމުގެ ބޭނުން ރަނގަޅަށް ހިފޭނެކަމަށް ބެލެވޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަލީ ނިޔާޒު ވިދާޅުވީ އެމްޑީޕީއަކީ ވައުދު ފުއްދާ ޕާޓީއެއްކަމަށާއި، އެކަން މިއަދު ރައްޔިތުންެ ގަބޫލުކުރާކަމަށެވެ.
"ވައުދުވުމުން އޭރުވެސް ގިނަ ބަޔަކު ސުވާލުކުރި. ނަމަވެސް އެކަންކަން އެހެރީ ފުއްދާފައި.މިއަދު ރަށްރަށަށް ގޮސް ދެވަނަ ދައުރެއްގައި މިވެނި ކަމެއް ކޮށްދޭނަމޭ ބުނުމުން އެކަން ގަބޫލުކުރޭ ރައްޔިތުން މިއަދު" އަލީ ނިޔާޒު ވިދާޅުވިއެވެ.
އަލީ ނިޔާޒު ވިދާޅުވީ މިއިންތިޚާބު ބޮޑު ތަނުން ކާމިޔާބު ކުރާ މަންޒަރު ފެންނަކަމަށެވެ. އަދި އެމްޑީޕީއަށް އައި ލޮޅުންތަކުން ވަރަށް ބޮޑު އަސަރެއް ކުރާނެކަމަށް ބެލެވުނު ނަމަވެސް، އެފަދަ އެއްވެސް ލޮޅުމެއް ނާންނަކަމަަށް އަލީ ނިޔާޒު ވިދާޅުވިއެވެ.
އަލީ ނިޔާޒު ވިދާޅުވީ ހިތްހަމަނުޖެހިގެން ދުރަށް ދިޔަ ގިނަ މެމްބަރުން މިއަދު އަލުން ޕާޓީއާ ގުޅުނު މަންޒަރު ފެނިގެންދާކަމަށެވެ. އަދި އެމްޑީޕީ އޮތީ އަދިވެސް ގަދަކޮށްކަމަށާއި އެމްޑީޕީ ރޫޅާނުލެވޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު