ރޭވުންތެރިކަމާއެކު މަސައްކަތްކޮށްގެން ނޫނީ މަހުގެ އަގަށް ހަގީގީ ބަދަލެއް ނުގެނެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސާލިހު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިއަދު ނައިފަރަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ސާލިހު ވިދާޅުވީ މަހުގެ އަގަށް ހެޔޮ ބަދަލެއް ގެނެސް، މަސްވެރިކަން ކުރިއެެރުވުމަށް ކުރީގެ އެއްވެސް ސަރުކާރަކުން މަސައްކަތްކޮށްފައި ނުވާކަމަށެވެ. ނަމަވެސް މި ސަރުކާރުން މިފްކޯއާއި މަސްވެރިކަމާއި ގުޅޭ އެހެނިހެން ކަންކަން ތަރައްޤީކުރަން މަސައްކަތްކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިކުރަނީ އެ މަސައްކަތް. ތިބޭފުޅުންނަށް އެ ބޮޑު ބަދަލު ކުރިއަށް އޮތް ދައުރުގެ ތެރޭގައި ފެނިގެންދާނެ،" ރައީސް ވިދާޅުުވިއެވެ.
ރައީސް ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ރިޔާސީ އިންތިހާބާއި ދިމާކޮށް މަހުގެ އަގު ބޮޑުކުރިކަމަށާއި، ނަމަވެސް އެ މަނިކުފާނު ވެރިކަމުން ފޭބިއިރުވެސް އެ ފައިސާ މަސްވެރިންނަށް އޮތީ ނުދީކަމަށެވެ.
ރައީސް ވިދާޅުވީ މަހުގެ އަގަށް ހަގީގީ ބަދަލެއް ގެނެވޭނީ ރޭވުންތެރިކަމާއެކު އިންތިޒާމްކުރެވިގެން ކުރެވޭ މަސައްކަތުންކަމަށާއި، އެ މަސައްކަތް މި ސަރުކާރުން ކުރިއަށްގެންދާނެ ކަމަށެވެ.
ނައިފަރުގެ ތަރައްޤީޢަށް ކުރިއަށް އޮތްތަނުގައިވެސް މަސައްކަތް ކޮށްދެއްވާނެ ކަމަށާއި، އެގޮތުން ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާއަށް އަމާޒުކޮށް ނައިފަރުގައި ތަރައްޤީގެ މަސައްކަތްތައް ހިންގަވައިދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ނައިފަރު ބަނދަރަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ. މީގެއިތުރުންވެސް އެ ރަށަށް ބޭނުންވާ އުމްރާނީ ތަރައްޤީގެ މަސައްކަތްތައް ކުރިއަށްގެންދަވާނޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

Naifaru Majority Raees #IbuSolih ah libeyne, insha Allah.
— Thayyib #ibu2023 (@thayyib) August 31, 2023
Candidate No. 3️⃣✅️ #IbuAslam2023
#UfaaveriAmaanRaajje #IbuSolih #VoteMDP@ibusolih @aslamdp @MDPSecretariat @AdhaalathOffice @SecretariatMDA pic.twitter.com/hj0bzMzJuD
ރައީސް ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ރިޔާސީ އިންތިހާބާއި ދިމާކޮށް މަހުގެ އަގު ބޮޑުކުރިކަމަށާއި، ނަމަވެސް އެ މަނިކުފާނު ވެރިކަމުން ފޭބިއިރުވެސް އެ ފައިސާ މަސްވެރިންނަށް އޮތީ ނުދީކަމަށެވެ.
ރައީސް ވިދާޅުވީ މަހުގެ އަގަށް ހަގީގީ ބަދަލެއް ގެނެވޭނީ ރޭވުންތެރިކަމާއެކު އިންތިޒާމްކުރެވިގެން ކުރެވޭ މަސައްކަތުންކަމަށާއި، އެ މަސައްކަތް މި ސަރުކާރުން ކުރިއަށްގެންދާނެ ކަމަށެވެ.
ނައިފަރުގެ ތަރައްޤީޢަށް ކުރިއަށް އޮތްތަނުގައިވެސް މަސައްކަތް ކޮށްދެއްވާނެ ކަމަށާއި، އެގޮތުން ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާއަށް އަމާޒުކޮށް ނައިފަރުގައި ތަރައްޤީގެ މަސައްކަތްތައް ހިންގަވައިދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ނައިފަރު ބަނދަރަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ. މީގެއިތުރުންވެސް އެ ރަށަށް ބޭނުންވާ އުމްރާނީ ތަރައްޤީގެ މަސައްކަތްތައް ކުރިއަށްގެންދަވާނޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު