ކުރިއަށް އޮތް ރިޔާސީ ދައުރުގައިވެސް ޅ. ކުރެންދޫގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ޅ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ކުރެންދޫއަށް މިއަދު ވަޑައިގެން ބޭއްވެވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ސާލިހު ވިދާޅުވީ ކުރެންދޫގެ ބޯހިޔާވަހިކަމަށް އިތުރު ހައުސިންގ ޔުނިޓްތައް އަޅުއްވައިދެއްވާނެކަމަށެވެ. އަދި އެ ރަށު މަގުތައްވެސް ޒަމާނީ ފެންވަރަކަށް ހައްދަވައިދެއްވާނެކަމަށްވެސް ރައީސް ސާލިހު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ކެމްޕެއިންގެ ތެރެއިން ރާއްޖޭގެ 130އަށްވުރެ ގިނަ ރަށަށް ވަޑައިގެންނެވިއްޖެކަމަށާއި އަދި ރައްޔިތުން ތިބި ގޮތްވެސް ސާފުކަމަށެވެ. އަދި އަނިޔާވެރިކަމާއި ބިރުވެރިކަމުގެ ތެރެއަށް ދާން ރައްޔިތުން ބޭނުން ނުވާކަން ރައްޔިތުން ހާމަކޮށްދޭކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.
ކުރެންދުއަށް މި ސަރުކާރުން ވީ ވައުދުތައް ފުއްދަމުންދާކަމަށާއި އެގޮތުން ރަށުގެ ވަށައިގެން ރިވެޓްމަންޓު ޖަހައި، ކުރީގެ ނަރުދަމާ ނިޒާމު ނިންމައި، ފެނުގެ ނިޒާމް ގާއިމްކުރަމުން ދާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ބޯހިޔާވަހިކަމަށް ހައްލު ހޯދުމަށް 50 ހައުސިންގ ޔުނިޓުގެ މަސައްކަތް ކުރިއަށްދާއިރު، އިތުރު 50 ހައުސިންގ ޔުނިޓް އަޅުއްވައިދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެ ރަށު ސްކޫލަށް ބޭނުންވާ 12 ކްލާސްރޫމް ވަނީ ބަޖެޓް ކުރެވިފައި ކަމަށާއި އެ މަސައްކަތްތައް ކުރިއަށް ގެންގޮސްދެއްވާނެ ކަމަށެވެ. އަދި ޒުވާނުން ބޭނުންވާ ކުޅިވަރުތަކަށް އިންޑޯ ޔޫތު ކޮމްޕްލެކްސްއެއް، ފެސިލިޓީތަކާއެކު ގާއިމްކޮށްދެއްވާނެ ކަމަށާއި، ވޭސްޓް މެނޭޖްމަންޓް އަޕްގްރޭޑްކޮށް، ކުނީގެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ

Nurturing talent through our artistic manifesto: co-living and studio spaces fuel the passions of young creators. #UfaaveriManifesto2023 pic.twitter.com/BQBPFdFQUc
— Abdul Latheef Lh.Kurendhoo (@shami_lathy) August 31, 2023
ރައީސް ވިދާޅުވީ މި ކެމްޕެއިންގެ ތެރެއިން ރާއްޖޭގެ 130އަށްވުރެ ގިނަ ރަށަށް ވަޑައިގެންނެވިއްޖެކަމަށާއި އަދި ރައްޔިތުން ތިބި ގޮތްވެސް ސާފުކަމަށެވެ. އަދި އަނިޔާވެރިކަމާއި ބިރުވެރިކަމުގެ ތެރެއަށް ދާން ރައްޔިތުން ބޭނުން ނުވާކަން ރައްޔިތުން ހާމަކޮށްދޭކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.
ކުރެންދުއަށް މި ސަރުކާރުން ވީ ވައުދުތައް ފުއްދަމުންދާކަމަށާއި އެގޮތުން ރަށުގެ ވަށައިގެން ރިވެޓްމަންޓު ޖަހައި، ކުރީގެ ނަރުދަމާ ނިޒާމު ނިންމައި، ފެނުގެ ނިޒާމް ގާއިމްކުރަމުން ދާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ބޯހިޔާވަހިކަމަށް ހައްލު ހޯދުމަށް 50 ހައުސިންގ ޔުނިޓުގެ މަސައްކަތް ކުރިއަށްދާއިރު، އިތުރު 50 ހައުސިންގ ޔުނިޓް އަޅުއްވައިދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެ ރަށު ސްކޫލަށް ބޭނުންވާ 12 ކްލާސްރޫމް ވަނީ ބަޖެޓް ކުރެވިފައި ކަމަށާއި އެ މަސައްކަތްތައް ކުރިއަށް ގެންގޮސްދެއްވާނެ ކަމަށެވެ. އަދި ޒުވާނުން ބޭނުންވާ ކުޅިވަރުތަކަށް އިންޑޯ ޔޫތު ކޮމްޕްލެކްސްއެއް، ފެސިލިޓީތަކާއެކު ގާއިމްކޮށްދެއްވާނެ ކަމަށާއި، ވޭސްޓް މެނޭޖްމަންޓް އަޕްގްރޭޑްކޮށް، ކުނީގެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ
ކިޔުންތެރިންގެ ހިޔާލު