ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެވަނަ ދައުރަކަށް ހުވާކުރައްވާއިރު ވ. ތިނަދޫގައި ބައިނަލްއަގުވާމީ ފެންވަރަށް ހަދަމުންދާ ބަނދަރު އޮންނާނީ ހިދުމަތަށް ދޮންވެފައްކާވެފައި ކަމަށް އެމްޓީސީސީގެ ސީއީއޯ އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް މިފަދައިން ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ވައުދުވެ ވަޑައިގެންނެވި ގޮތަށް، މުޅި ރާއްޖެއަށް އިންޤިލާބީ ބޮޑު ބަދަލެއް ގެނުވާނެ ހުވަދު އަތޮޅުގެ އާރް.ޓީ.އެލް ސްޕީޑް ފެރީގެ ޚިދުމަތް ރަސްމީގޮތުން ފެށުން ފާހަގަކުރައްވުމުގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
އާޒިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ވައުދުވެ ވަޑައިގެންނެވި ގޮތަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާކަމަށާއި، އަދި މި ދައުރަކީ ރާއްޖޭގައި އެންމެ ގިނަ މަޝްރޫޢުތައް ފެށިގެން ދިޔަ އަދި ނިމިގެންދާ ދައުރުކަމަށެވެ. އެގޮތުން ގދ. ތިނަދޫ އިންޑަސްޓްރިއަލް ޒޯންގައި ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ތަރައްގީ ކުރަމުންދާ ބައިނަލްއަގުވާމީ ފެންވަރުގެ ބަނދަރު ނިމި، މިއަހަރުގެ ނޮވެމްބަރ މަހު ބަނދަރު ބޭނުން ކުރެވޭނެކަމުގެ ޔަގީންކަން އާޒިމް ދެއްވިއެވެ.
"މިރަށުގައި މިސަރުކާރުން ހައްދަވާ، އެތައް މިލިއަނުން އަގު ކުރެވޭ އިންޑަސްޓްރިއަލް ޒޯންގައި ހަދަމުންދާ ބައިނަލްއަގުވާމީ ބަނދަރުގެ ހިދުމަތް، 17 ނޮވެމްބަރ ވާ ހުކުރު ދުވަހު، ރައީސް ދެވަނަ ދައުރަކަށް ހުވާ ކުރައްވާއިރު އޮންނާނީ ހިދުމަތަށް ދޮންވެ ފައްކާވެފައި،" އާޒިމް ވިދާޅުވިއެވެ.
ތިނަދޫ ބަންދަރު ވެގެންދާނީ ޒަމާނީ ހިދުމަތްތަކެއް ލިބިގެންދާ ބައިނަލްއަގުވާމީ ވިޔަފާރިއާއިވެސް ގުޅުވާލަދޭނެ ފަދަ ބަދަރެއް ކަމުގައި އާޒިމް ވިދާޅުވިއެވެ.
"އެއީ މަސްވެރިން ބާނާ މަސް ސީދާ އެބަނދަރުން އެކްސްޕޯޓް ކުރެވޭ ފެންވަރުގެ ބަނދަރެއް. މިބަނދަރު ވެގެންދާނީ ހުވަދު އަތޮޅު ބައިނަލްއަގުވާމީ ވިޔަފާރިޔާއި ގުޅުވާލެވޭނެ ދޮރަކަށް،" އާޒިމް ވިދާޅުވިއެވެ.
ވ. ތިނަދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުއަކީ ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްދާ މަޝްރޫއެކެވެ. މި މަޝްރޫޢުއާއިއެކު، ވ. ތިނަދޫއަށް ޖާގަ ތަނަވަސް ޒަމާނީ ރީތި ބަނދަރެއް މުސްތަޤުބަލުގައި ލިބިގެން ދިޔުމަކީ ރައްޔިތުންނަށް އެތައް ލުއިފަސޭހައަކާއި، ވަރަށް ބޮޑު އުފަލެއް ލިބޭނެ ކަމެއް ކަމުގައި އެމްޓީސީސީން ދެކެއެވެ. އަދި ބާރުބޮޑުވެފައިވާ ރަށުގެ ބަނދަރަށް ޖާގައިގެ ތަނަވަސްކަން ލިބި، ކޮޅުވެއްޓި ފަދަ އުޅަނދުތައްވެސް ކައިރިކުރެވޭނެ ފަދަ ރޭމްޕެއް ބަނދަރަށް އިތުރުވުމާއެކު، އުޅަނދުފަހަރަށް ފަސޭހައިން ގާތްކޮށް ލަފާފުރުމުގައި ގިނަ ފަސޭހަތަކެއް ބަނދަރު ތަރައްޤީވުމުން މުސްތަޤުބަލުގައި ވ. ތިނަދޫ ރައްޔިތުންނަށް ލިބިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު