ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަކީ ފައިނޭންޝިއަލް އިންޖިނިއަރެއް ކަމަށް އެމްޑީއޭގެ ލީޑަރ އަޙްމަދު ސިޔާމް ވިދާޅުވެއްޖެއެވެ.
ގދ. ތިނަދޫގައި ރޭ ބޭއްވި ރައީސް ސާލިހުގެ "އުފާވެރި އަމާން ރާއްޖެ" ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ސިޔާމް ވިދާޅުވީ ރައްޔިތުންނަށް ތަނަވަސް ދިރިއުޅުމެއް ގެނެސްދިނުމަށް ފެށުނީއްސުރެ ސިޔާސީ ލީޑަރުން މަސައްކަތް ކުރަމުންދިޔަ ނަމަވެސް އެކަމުގައި އެ ލީޑަރުންނަށްވުރެ ރައީސް ހުންނެވީ ކުރީ ސަފުގައި ކަމަށާއި ރައީސަކީ ތަޖުރިބާ ލިބިގެންހުރި ފައިނޭންޝިއަލް އިންޖީނިއަރެއް ކަމަށެވެ.
"އެމަނިކުފާނަކީ ހަގީގަތުގައި ފައިނޭންޝިއަލް އިންޖިނިއަރެއް. މުޅި ދުނިޔޭގައި އެންމެ ރަނގަޅު ރައީސެއްގެ ގޮތުގައި ހޮވިފައިވަނީ އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓް." ސިޔާމް ވިދާޅުވިއެވެ.
ސިޔާމް ވިދާޅުވީ ކޮވިޑްގެ މުސީބާތް ޖެހުނު ދަނޑިވަޅުގައި ރާއްޖޭގެ ޙާލަތު ހަމައަކަށް އެޅުވުމުގައި ރަޢީސް ޞާލިޙު ބޭރުގެ އެހީ ހޯއްދަވައިގެން އަމަލުކުރެއްވީ ޙިކުމަތްތެރި ގޮތުގައި ކަމަށެވެ. ސިޔާމް ވިދާޅުވީ އެ ދަނޑިވަޅަކީ ބޮޑެތި ވިޔަފާރިވެރިން ހާސްކަމެއްގެ ތެރެއަށް ދިޔަ ދަނޑިވަޅެއް ކަމަށެވެ. އެހެން ނަމަވެސް، ރައީސް ޞާލިޙު ވަނީ ބޮޑެތި ޕްރޮޖެކްޓްތައް ހިންގުމުގައި ރިސްކް ނަންގަވާފައި ކަމަށް ސިޔާމް ފާހަގަކުރެއްވިއެވެ.
ރައީސް ޞާލިހުގެ ތަރައްގީގެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ސިޔާމް ވިދާޅުވީ، ކާޑެއްދޫ އެއަރޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރުމުން، ފަތުރުވެރިކަން 10 ގުނައަށް އިތުރަށް ކުރިއަރައިގެން ދާނެ ކަމަށެވެ.
"ރައީސް އިބްރާހިމް މުހައްމަދު ސާލިހް މި އިގްތިސާދީ ބޮޑު ހެޔޮ ބަދަލު އެ ގެންނަނީ، އެއް ގުނަ، ދެ ގުނަ، ތިން ގުނަ ވާ ގޮތަށް. ކައިރީގަ އޮތް ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ވުމާއި އެއްކޮށް ރާއްޖެއަށް، ސީދާ މިތަނަށް ދުނިޔޭގެ އެކި ގައުމުތަކުން ފްލައިޓްތައް އަންނާނެ." ސިޔާމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު