ބ. ކެންދޫގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ޒަމާނީ މިސްކިތުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ.
ފާސްޓްލައިން ޕްރައިވެޓް ލިމިޓެޑާއިއެކު އެއްބަސްވެވުނު މި އެއްބަސްވުމުގެ ދަށުން 500 މީހުންގެ ޖާގައިގެ މިސްކިތެއް 365 ދުވަހުގެ ތެރޭގައި ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއަށް 15,424,823.52 (ފަނަރަ މިލިއަން ހަތަރު ލައްކަ، ސައުވީސް ހާސް އަށްސަތޭކަ ތޭވީސް ރުފިޔާ ފަންސާސް ދެ ލާރި) ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ވަނީ ކަނޑައަޅާފައެވެ.
މިއީ އަންހެނުންނާއި ފިރިހެނުންނަށްވެސް ނަމާދުކުރެވޭ ގޮތަށް ބިނާކުރެވޭ މިސްކިތެކެވެ.

ކިޔުންތެރިންގެ ހިޔާލު