މިއަދަކީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ފެއްޓެވި އިންގިލާބީ ދަތުރުފަތުރުގެ ނިޒާމަށް އިތުރު ކާމިޔާބެއް ލިބުނު ދުވަހެއްކަމަށް އެމްޓީސީސީގެ ސީއީއޯގެ އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
އާޒިމް މިހެން ވިދާޅުވީ އާރުޓީއެލް ފެރީގެ ޚިދުމަތް އައްޑޫ އާއި ފުވައްމުލަކު ސިޓީގައި ފެށުމާއި ގުޅިގެނެވެ.
އަތޮޅުތަކުގައި ފެރީގެ ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުން ކުރާ މަސައްކަތާއެކު، 2023 ގެ ނިޔަލަށް ހއ އިން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް ރަނގަޅު ފެރީ ނިޒާމަކުން ގުޅާލުމަކީ މި ސަރުކާރުގެ އަމާޒެކެވެ.
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މިއަދަކީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ފެއްޓެވި އިންގިލާބީ ދަތުރުފަތުރުގެ އިތުރު ކާމިޔާބެއް ލިބުނު ދުވަހެއްކަމަށެވެ.
ހުވަދު އަތޮޅާއި ޒޯން އައްޑޫ އާއި ފުވައްމުލަކު ވަނީ ހައިވޭލިންކަކުން ގުޅާލެވިފައެވެ. އެގޮތުން، މިއަދުން ފެށިގެން 24 އޯގަސްޓްގެ ނިޔަލަށް އާރް.ޓީ.އެލް ފެރީ ރޫޓްތަކުގައި ކަސްޓަމަރުންނަށް ހިލޭ ދަތުރު ކުރެވޭނެ ކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ.
އެމްޓީސީސީން ބުނީ ހިލޭ ދަތުރު ކޮށްދިނުމުގެ މައިގަނޑު މަޤްޞަދަކީ ކަސްޓަމަރުން ފެރީ ޝެޑިއުލަށް އަހުލުވެރިކޮށް، އާރުޓީއެލް ޚިދުމަތް ރަނގަޅަށް ތަޖުރިބާކުރުމުގެ ފުރުޞަތު ދިނުމާއިއެކު، ކަސްޓަމަރުންގެ ޚިޔާލާއި އެއްގޮތަށް ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ޚިދުމަތް ހަރުދަނާކުރުން ކަމަށެވެ.
ހިލޭ ދަތުރުކުރާ މުއްދަތުގައި ކައުންސިލް މެދުވެރިކޮށް ޖާގަ ދޫކުރި ނަމަވެސް ރަސްމީކޮށް އަގު ނަގައިގެން ޚިދުމަތް ފެށުމާއެކު، ކައުންސިލް މެދުވެރިކޮށް ފެރީގެ ޖާގަ ދޫކުރުން ހުއްޓާލެވޭނެ ކަމަށް އެމްޓީސީސީން ހާމަކޮށްފައިވެއެވެ.
އާރުޓީއެލްގެ ދަތުރުތަކަށް ޓިކެޓް ލިބޭނީ އެމްޓީސީސީން އެކަމަށް ހާއްޞަކޮށްފައިވާ ވެބްސައިޓް ނުވަތަ އާރްޓީއެލް ޓްރެވެލް އެޕް މެދުވެރިކޮށް ކަމަށް އެ ކުންފުނިން ބުނެއެވެ.

RTL ފެރީ ޚިދުމަތުގެ ދަށުން ޒޯން 6 ގެ ޏ. އަދި ސ. އަތޮޅުގައި ފެރީގެ ޚިދުމަތް ފަށާ، ޒޯން 5 (ގއ. / ގދ. އަތޮޅު) އަދި ޒޯން 6 ހައިވޭލިންކް އަކުން ގުޅާލުން
— Adam Azim (@adamazim) August 18, 2023
މިއަދަކީ @ibusolih ގެ އިންގިލާބީ
ދަރުރުފަތުރުގެ ނިޒާމައް އުފަވެރިކަމުގެ އިތުރުބޮޅެއް އަމުނާލެވުނު ދުވަހެއް. @MTCCPlc pic.twitter.com/SRVg86Sdy1
އެމްޓީސީސީން ބުނީ ހިލޭ ދަތުރު ކޮށްދިނުމުގެ މައިގަނޑު މަޤްޞަދަކީ ކަސްޓަމަރުން ފެރީ ޝެޑިއުލަށް އަހުލުވެރިކޮށް، އާރުޓީއެލް ޚިދުމަތް ރަނގަޅަށް ތަޖުރިބާކުރުމުގެ ފުރުޞަތު ދިނުމާއިއެކު، ކަސްޓަމަރުންގެ ޚިޔާލާއި އެއްގޮތަށް ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ޚިދުމަތް ހަރުދަނާކުރުން ކަމަށެވެ.
ހިލޭ ދަތުރުކުރާ މުއްދަތުގައި ކައުންސިލް މެދުވެރިކޮށް ޖާގަ ދޫކުރި ނަމަވެސް ރަސްމީކޮށް އަގު ނަގައިގެން ޚިދުމަތް ފެށުމާއެކު، ކައުންސިލް މެދުވެރިކޮށް ފެރީގެ ޖާގަ ދޫކުރުން ހުއްޓާލެވޭނެ ކަމަށް އެމްޓީސީސީން ހާމަކޮށްފައިވެއެވެ.
އާރުޓީއެލްގެ ދަތުރުތަކަށް ޓިކެޓް ލިބޭނީ އެމްޓީސީސީން އެކަމަށް ހާއްޞަކޮށްފައިވާ ވެބްސައިޓް ނުވަތަ އާރްޓީއެލް ޓްރެވެލް އެޕް މެދުވެރިކޮށް ކަމަށް އެ ކުންފުނިން ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު