އަމިއްލަ ގޯތީގައި ގެދޮރު ޢިމާރާތް ކުރުމަށް ޢާންމު ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތައް ޙައްލުކޮށްދެއްވައި އެހީތެރިވެވޭނީވެސް ރައްޔިތުންނަށް ގޯތި ދިން ބަޔަކަށް ކަމަށާ، އެއީ އެމްޑީޕީއާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގައި ވާހަކަދައްކަވަމުން މީކާއީލް ވިދާޅުވީ ރައްޔިތުންނަށް ދިމާވެފައިވާ މިފަދަ އަސާސީ ކަންކަން އެހެންބަޔަކަށް ކޮށެއް ނުދެވޭނެކަމަށެވެ. އެތައް އަހަރަކަށްފަހު މާލެ ރަށްވެހިންނަށް މިސަރުކާރުން ގޯތި ދިންދިނުމަށް އިޝާރާތްކުރައްވައި މީކާއީލް ވިދާޅުވީ ގޯތި ދިން ބަޔަކު ގޯތި ހަދަންވެސް އެހީތެރިވެދޭނެކަމަށެވެ. އަދި އެހެން ބަޔަކަށް އެކަމެއް ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.
މިއަދު އެތައް ޒަމާނަކަށްފަހު މާލޭގެ ރައްޔިތުންނަށް ގޯތި ލިބިގެންދިޔުމަކީ ރައްޔިތުންގެ މޫނުމައްޗަށް ހިނިތުންވުން ގެނުވިކަމެއްކަމަށާ، މިއީ މިހާތަނަށް އައި އެއްވެސް ސަރުކާރަކަށް ކުރެވުނުކަމެއް ނޫންކަން މީކާއިލް ފާހަގަކުރެއްްވިއެވެ. އަދި އެންމެ ފުރަތަމަ މިކަން ކުރައްވާނެ ވާހަކަ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވުމުންވެސް އިދިކޮޅު ފަރާތްތަކުން ބުނަމުން ދިޔައީ އެކަން ނުވާނެކަމުގެ ވާހަކަ ކަމަށާ، މިއަދު މިއޮތީ އެކަން ކުރައްވައި ދައްކަވާފައިކަމަށް މީކާއީލް ވިދާޅުވިއެވެ. ރައީސް ޞާލިޙުގެ ވެރިކަމުގެ ފުރަތަމަ ދައުރު ނިމުމުގެކުރިން މާލޭ ރައްޔިތުންގެ އަތަށް އެމީހުންގެ ގޯތީގެ ރަޖިސްޓްރީ ލިބޭނެކަމަށްވެސް މީކާއީލް ވިދާޅުވިއެވެ.
ގޯތި ދެއްވާފައި އެވަރުން އެކަނި، ސަރުކާރުން ދޫކޮށް ނުލައްވާނެކަމަށާ، އެތަނުގައި ގެދޮރު ޢިމާރާތްކުރެވޭނެ މަގުވެސް އަންނަނީ ފަހިކޮށްދެއްވަމުން ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ގޯތި ލިބޭ މީހުންނަށް އަމާޒުކޮށްގެން ކުޑަ އިންޓްރެސްޓް ރޭޓެއްގައި ލުއި ލޯނު ލިބޭނެ ގޮތާއި އެނޫންވެސް އެހީތެރިކަން ފޯރުކޮށްދެއްވަން ސަރުކާރުން އަންނަނީ ތައްޔާރުވަމުން ކަމަށް މީކާއީލް ވިދާޅުވިއެވެ.
މީކާއީލް ވަނީ މިފަދަ އެތައް މަޝްރޫޢުތަކަށްޓަކައިވެސް މިސަރުކާރު ދަމަހައްޓަން ޖެހޭކަމަށް ވިދާޅުވެފައެވެ. އަދި މިއަދު މިލިބޭ ގޯތިތައް އާބާދުކުރުމަށްޓަކައިވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު 2ވަނަ ދައުރަކަށް އިންތިޚާބުކުރަން ޖެހޭކަމަށް މީކާއީލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު