ޕީއެންސީގެ ރައީސް އަބުދުއްރަހީމް އަބުދު ﷲ ( އަދުރޭ)
ޕީއެންސީގެ ރައީސް އަބުދުއްރަހީމް އަބުދު ﷲ ( އަދުރޭ)
އިދިކޮޅު ޕްރޮގުރެސިވް ކޯލިޝަނުން މިމަހު 17 ވަނަ ދުވަހު "ފެއިލްވެއްޖެ" މިނަމުގައި ކާނިވާ ސަރަހައްދުގައި ބާއްވާ ޖަލްސާ އަކީ މިހާތަނަށް ރާއްޖޭގެ ސިޔާސީ ޕާޓީއަކުން ބާއްވާ އެންމެ ބޮޑު ޖަލްސާ އަށް ވެގެންދާނެ ކަމަށް ޕީއެންސީގެ ރައީސް އަބުދުއްރަހީމް އަބުދު ﷲ ( އަދުރޭ) ވިދާޅުވެއްޖެއެވެ.

ރައީސް ޔާމިނަށް ކުރާ "އަނިޔާ" އާއި ދެކޮޅަށް ޕްރޮގުރެސިވް ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބުދުއްރަހީމް ވިދާޅުވީ، އެޖަލްސާ އަކީ މިހާތަނަށް ރާއްޖޭގެ ސިޔާސީ ޕާޓީއަކުން ބާއްވާ އެންމެ ބޮޑު ޖަލްސާ އަށް ވާނެ ކަމަށެވެ. އަދުރޭ ވިދާޅުވީ ރައްޔިތުން ބިރު ފަހަނައަޅައި ހިގައްޖެ ކަމަށާއި ދެން ނުހިފެހެއްޓޭނެ ކަމަށެވެ. އަދި މުލީއާގެ ކައިރި އަށް ވެސް އެއްވާނެ ކަމަށް ވިދާޅުވެ އަދުރޭ ވަނީ ސަރުކާރަށް އިންޒާރު ދެއްވާފައެވެ. އަބުދުއްރަހީމް ވަނީ އެ ޖަލްސާ އަށް ރައްޔިތުން ދާންވީ ސަބަބުތައްވެސް ހާމަކުރައްވާފައެވެ.

"އެޖަލްސާ އަށް ރައްޔިތުން ދާންވީ ރައީސް ޔާމިން ކަށަވަރުކޮށްދެއްވި ބޯހިޔާވަހި ކަން ނުލިބިގެން އެ ބޯހިޔާވަހި ކަން ހޯދުމަށް. ޖަލްސާ އަށް ދާންވީ މިސަރުކާރުން ރައްޔިތުންނަށް އަޅާނުލާ މަގުމަތި ކޮށްލީމަ ހިޔާވަހިކަން ހޯދައި އަލުން ފަހި ދިރިއުޅުމެއް ހޯދަން. ޖަލްސާ އަށް ރައްޔިތުންދާންވީ އަދުލް އިންސާފު ހޯދަން، ޖަލްސާ އަށް ދާންވީ ދިވެހި އިގްތިސާދު ނަގައި ކޮޅަންޖަހަން މަގުފަހިކުރަންވެެގެން. ޖަލްސާ އަށް ދާންވީ ވަޒީފާ އިން ވަކިކުރާ މީހުންގެ ވަޒީފާ ތައް އަނބުރާ އިއާދަކުރާނެ ގޮތެއް ހޯދަން. ޖަލްސާ އަށް ދާންވީ މިއަދުގެ ސަރުކާރުން އޮޅުވާލާ އޮޅުވާލުންތަކުގެ ހަގީގަތް ހޯދަންވެގެން. ޖަލްސާ އަށް ދާންވީ ރައީސް ޔާމިން ގެނެސްދެއްވި ތަރައްގީ މި ސަރުކާރުން ފަނާ ކުރާތީ އެކަމާ ދެކޮޅަށް އަޑުއުފުލަން ވެގެން." އަދުރޭ ވިދާޅުވިއެވެ.

މީގެ އިތުރުން އަބުދުއްރަހީމް ވިދާޅުވީ، ރައީސް ޔާމިންގެ ސަރުކާރުން އުމުރުން ދުވަސްވީ މީހުންނަށް ދޭ 5000 ރުފިޔާ ނުލިބިދާނެ ކަމުގެ ބިރު އޮތުމުންވެސް އެކަމާ ދެކޮޅަށް ވަކާލާތުކުރަން ޖަލްސާ އަށް ދާންޖެހޭ ކަމަށެވެ. އަދި ރައީސް ޔާމިންގެ ސަރުކާރުން އުފެއްދި 94000 ވަޒީފާ އުފައްދައި އެވަޒީފާ ތަކަށް މުވައްޒަފުން ލާފައި ތިއްބާ އެމީހުން ވަކިކުރާތީ ޖަލްސާ އަށް ދާންޖެހޭ ކަމަށެވެ.

"ފެއިލްވެއްޖެ" ގެ ނަމުގައި ޕްރޮގްރެސިވް ކޯލިޝަނުން ބާއްވާ ޚާއްޞަ ރެލީ އޮންނާނީ 17 ޖުލައި 2020 ވާ ހުކުރު ދުވަހު ކާނިވާ ސަރަހައްދުގައެވެ.


ކިޔުންތެރިންގެ ހިޔާލު


4

ާޭއަލީ

08-Jul-2020

ލޮކްޑައުން ފިލީތަ. ކޮވިޑް ނިމުނީތަ



ޓްރެންޑިން