ބަލްކް ޕްރޮކިއުމަންޓް ނިޒާމުގެ ހެޔޮއަގެ ތެރެއިން ފެންވަރު ރަނގަޅު ބޭސް ރާއްޖެއަށް ގެނައުމަށް ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް، ޔޫއެންޑީޕީއާއި ދިވެހި ސަރުކާރާއި ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރާއ،ި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު އަހްމަދު އާދިލާއި ސްޓޭޓް ޓްރޭޑް އޯގަނައިޒޭޝަންގެ މޭނޭޖިންގ ޑިރެކްޓަރ ޢަބްދުالله ސަޢީދެވެ. ޔޫއެންޑީޕީގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގައި ހުންނަވާ ރެޒިޑަންޓް ރިޕްރެޒެންޓޭޓިވް މިސްޓަރ އެންރިކޯ ގަވޭލިއާއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ފޮރިން އެފެއަރޒ،ް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އަދި އާސަންދަ ކޮމްޕެނީ ލިމިޓެޑްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.



މި އެއްބަސްވުމުގެ ދަށުން ޔޫއެންޑީޕީން ރާއްޖެއަށް ބޭސް ސަޕްލައިކޮށްދިނުމުގެ އިތުރުން ޔޫއެންޑީޕީގެ ކޯޕެންހޭގަންގައި ހުންނަ ގްލޯބަލް ހެލްތު ޕްރޮކިއުމަންޓް ސެންޓަރގެ ކޮލިޓީ އެޝުއަރެންސް ޓީމުން ބޭހުގެ ކޮލިޓީ ކޮންޓްރޯލްކުރުމަށް އެހީތެރިވެދޭނެއެވެ.

މި ޓީމްގެ އިތުރުން ބޭހުގެ ކޮލިޓީ ކޮންޓްރޯލްކުރުމަށްޓަކައި މި ޕްރޮޖެކްޓްގެ ސްޓިއަރިންގ ކޮމިޓީގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ ހިމަނާފައިވެއެވެ. އަދި މި އެގްރީމަންޓްގެ ދަށުން ބޭސް ވަގުތުން ވަގުތަށް ގެނައުމަށް ފަސޭހަވުމާއ،ި ބޭސް ލިބުމަށް ހުންނަ ދަތިތައް ހައްލުވެގެންދިއުމުގެ އިތުރުން، ސިއްހީ ނިޒާމުގައި މިހާރު ހުރި ބައެއް މައްސަލަތައް ހައްލުވެގެންދާނެކަމަށް ފިނޭންސް މިނިސްޓްރީން ދެކެއެވެ. އަދި މި އެއްބަސްވުމުގެ ދަށުން ސިއްހީ ދާއިރާގެ ޕްރޮކިއުމަންޓް ނިޒާމުވެސް އިތުރަށް ހަރުދަނާކުރުމަށް އެހީތެރިވެދޭނެކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

ސަރުކާރުން ދަނީ ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކޮށް ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް މިފަދަ އެތައް މަސައްކަތެއްް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު