ބަންޑާރަ ނާއިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި މަޖިލީހަށް ހާޒިރުވެވަޑައިގެން ޖަވާބުދާރީވެވަޑައިގަތުމަށް ބަންޑާރަ ނައިބު ނިންމަވައިފިއެވެ.

ޗާގޯސް މައްސަލައިގައި އިދިކޮޅު ފަރާތްތަކުން ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައިގައި ބުދަ ދުވަހު ބޭއްވި ޖަލްސާގައި އޭޖީ ވަނީ ލިޔުމުން މަޖިލީހަށް ޖަވާބު އަރުވާފައެވެ. ނަމަވެސް އެމްޑީޕީގެ ފިޔަވައި އެހެން ޕާޓީތަކުން އެކަން ޤަބޫލުކޮށްފައެއް ނުވެއެވެ.

މި މައްސަލައިގައި ޕާޓީތަކުގެ މެދުގައި ހިޔާލު ތަފާތުވުން އުފެދުމުން މަޖިލީޙުގެ ރިޔާސަތުން ވަނީ ސުޕްރީމް ކޯޓުގެ ލަފައެއް ހޯއްދެވުމަށް ނިންމަވާފައެވެ.

ނަމަވެސް މަޖިލީހަށް މިއަދު އޭޖީ ރިއްފަތު ފޮނުއްވި ސިޓީގައި ވަނީ އޭނާ މަޖިލީހަށް ހާޒިރުވެ ޖަވާބުދާރީވެވަޑައިގަތުމަށް ބޭނުންފުޅުވާކަން ހާމަކުރަށްވާފައެވެ. އަދި އިތުބާރު ނެތްކަމުގެ މައްސަލައިގައި އަނގަބަހުން ދިފާއުވުމުގެ ފުރުސަތު ހަމަޖައްސައިދެއްވުމަށް މަޖިލީހުގެ ރައީސް ނަޝީދަށް ބަންޑާރަ ނައިބު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެއެވެ.

އޭޖީ ވިދާޅުވީ އިތުބާރު ނެތްކަމުގެ މައްސަލައިގައި ލިޔުމުން ޖަވާބުދާރީވީ ތަފްސީލީގޮތެއްގައި މައްސަލައަށް ޖަވާބުދާރީވެވަޑައިގަތުމަށްކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު