ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކޮށް، ރައީސް ސާލިހު ދެވަނަ ދައުރަކަށް އިންތިޚާބުވާނެކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެެެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ އުތުރުގެ ކެމްޕެއިނާއި ގުޅޭ ހަރަކާތެއް ފެށުމުގެ ގޮތުން ކުރެއްވި ޓްވީޓެއްގައެވެ.
ޝާހިދު މިއަދު ބައިވެރިވެވަޑައިގަތީ އުތުރު ކެމްޕެއިން ޓީމުގެ ތަކުގެ ތެރެއިން ދިއްދޫ ދާއިރާގެ ކެމްޕެއިން ޓީމުގެ ހަރަކާތުގައެވެ.
ޝާހިދު ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސުލްޖުމްހޫރިއްޔާގެ ހއ. ދިއްދޫ ދާއިރާގެ ރިޔާސީ ކެމްޕޭން ޓީމުގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވާފައިވާކަމަށެވެ. އަދި ﷲގެ ވާގިފުޅާއެކު ރައީސް ޞާލިޙު ދެވަނަ ދައުރަކަށް އިންތިޚާބުވާނެކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސާލިހުގެ އިތުރުން، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމް، ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ޔާމީން އަބްދުލް ގައްޔޫމާއި އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމާއި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވަނީ ވާދަކުރައްވާނެކަން އިއުލާންކޮށްފައެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބު ފޯރިގަދަވެގެންދާނެކަމަށް ބެލެވޭއިރު މިހާތަނަށް ކޯލިޝަނެއް ހަދާފައިވަނީ އެމްޑީޕީން އެކަންޏެވެ. އެޕާޓީން ކޯލިޝަން ހެދީ އަދާލަތު އަދި އެމްޑީއޭއާ އެކުއެވެ.

ކިޔުންތެރިންގެ ހިޔާލު