ޕާޓީ އުފެއްދުމަށް 5000 ފޯމް ހުށަހަޅާނެ ކަމަށް ބުނި ނަޝީދުގެ ދަ ޑޮމޮކްރެޓްސް ރަޖިސްޓްރީކުރަން ހުށަހެޅި ފޯމްތަކުގެ އަދަދު މަދުވުމުން، އެއީ ޓާގެޓް ކުރި އަދަދު ކަމަށް އެޕާޓީ އުފައްދަން ހުށަހެޅި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.
ގިނަ ބަޔަކު އުއްމީދުކޮށްގެން ތިބީ ޑިމޮކްރެޓްސް އުފައްދަން ހުށަހަޅާނީ ބޮޑު އަދަދެއްގެ ފޯމާއި އެކުގައި ކަމަށެވެ. ގިނަ ބަޔަކު އެގޮތަށް ހީކުރީ އެހާވަރަށް އަޑުގަދަކޮށް މެންބަރުންގެ ފޯމް ފުރުމާއި ކަންކަން ކުރިއަށް ގެންގޮސްފައިވާތީއެވެ.
ނަމަވެސް މިއަދު ދަ ޑިމޮކްރެޓްސް ރަޖިސްޓްރީކުރަން ހުށަހަޅާފައިވަނީ 3560 ފޯމެވެ. ފޯމް ހުށަހެޅުމަށްފަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ހަސަން ލަތީފް ވިދާޅުވީ ކޮމިޝަނަށް ހުށަހެޅުއްވީ 3560 ފޯމް ކަމަށެވެ.
އެއީ ރަޖިސްޓްރޭޝަނަށް ބޭނުންވާ 3000 ފޯމް ކަމަށެވެ. އަދި ޓާގެޓް ކުރެއްވީ 3500 ފޯމަށް ކަމަށާއި، އެހެންނަމަވެސް މިއަދު ހެނދުނު އިތުރު 60 ވަރަކަށް ފޯމް ލިބިވަޑައިގެންނެވި ކަމަށެވެ.
"އެއީ އަޅުގަނޑުމެން ޓާގެޓް ކުރި އަދަދު. މިިދިޔަ ބުދަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދެއްވީ އަޅުގަނޑުމެންނަށް ފޯމް ފުރުމުގެ. އިއްޔެ، ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އަޅުގަނޑުމެން އެކަން މިކުރީ ރަށްރަށަށް މާބޮޑު ދަތުރުތަކެއް ކޮށްގެނެއް ނޫން. ރަށްރަށުން ތާއިދުކުރާ މީހުންގެ ފޯމާއެކު އަޅުގަނޑުމެން ހުށަހަޅާފައިވާނީ." ހަސަން ލަތީފް ވިދާޅުވިއެވެ.
އެހާ އަޑުގަދަކޮށް ރަށްރަށުގައާއި މާލޭގެ އެކި ތަންތަނުގައި ބޭއްވި ހަރަކާތްތަކަށްފަހު 3560 ފޯމް ޕާޓީ ރަޖިސްޓްރީކުރަން ހުށަހެޅުމުން އާންމުން އަންނަނީ އެކަމަށް ފާޑު ކިއަމުންނެވެ.
އެމްޑީޕީން 39،000 މެންބަރުން ނުހައްގުން ކަނޑާލާފައިވާ ކަމަށް ބުނެ ވަކާލާތު ކުރަމުން އައި ފަރާތްތަކުން 3560 ފޯމް ޕާޓީ ރަޖިސްޓްރީކުރަން ހުށަހެޅުމުން އެ މީހުން ކޮބައިތޯ ސުވާލުކުރުމުން ވެސް ހަސަން ވިދާޅުވީ ހުށައެޅީ ޓާގެޓްކުރި އަދަދު ކަމަށެވެ.
10،000 މެންބަރުން ހަމަކުރެއްވުމުގެ މަސައްކަތް ހުއްދައާއެކު ފަށައި ރިޔާސީ ކެމްޕޭންގެ މަސައްކަތުގެ ތެރެއިން އެކަން ކުރާނެކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު