އައްޑޫ ސިޓީ މަރަދޫފޭދޫގައި ވަޅި ހަރައި ރޭ ޒަހަމްކޮށްލި މީހާއަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަނިކޮށް މިއަދު މަރުވެއްޖެ އެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ އައްޑޫ ސިޓީ މަރަދޫ ފޭދޫ ގެއެއްގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދީފައިވާ ކަމަށް ރޭ 23:38 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
މި ހާދިސާގައި އަނިޔާވި 27 އަހަރުގެ ދިވެހި ފިރިހެނަކަށް އައްޑޫ އެކްއެޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި ހާދިސާގައި މަރުވި ޒުވާނާއަށް ހަމަލާ ދިނީ އޭނާގެ ކޮއްކޮ ކަމަށް މައުލޫމާތު ލިބެއެެވެ. ކޮއްކޮ ބޭބެގެ ގަޔަށް ވަޅި ހަރައިފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ދެބެންގެ މެދުގައި ހިނގި ދެބަސްވުމެއް ހޫނުވެގެން ކަމަށް އެނގިފައިވެއެވެ.
އެމައްސަލައިގައި ހިނގި ދެބަސްވުން ހޫނުވެ ކޮއްކޮ ވަނީ ބޭބެގެ ހަށިގަނޑުގެ އެތަންމިތަނަށް ވަޅިހަރައިފައެވެ. އެގޮތުން އޭނާގެ މެއަށް ވެސް ވަނީ ވަޅި ހަރައިފައެވެ.
ފޭދޫގައި ހިނގި މާރާމާރީގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާރު ވީޑިއޯ އިން ފެންނަގޮތުގައި ތޫނު އެއްޗަކުން ވަރަށް ބޮޑަށް ޒަހަމްކޮށްލުމުން އެޒުވާނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ ލެއިން ތަތްތެޅިފަ އެވެ. ޒުވާނާ މަރުވީ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ.
ފުލުހުން ބުނީ މިމައްސަލަ ތަހުގީގް ކުރަމުންދާ ކަމަށެވެ.
މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ވެސް ފޭދޫގައި ހިންގި މާރާމާރީއެއްގައި ޒުވާނަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު