ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ ބަލިކަށިކޮށްލަން އެޕާޓީން ވަކިވި ބޭފުޅުން ކުރިން އުފެއްދެވި ޕާޓީތައް ދިޔައީ އަޑިއަށް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ ބޭފުޅުން ޕާޓީން ވަކިވެވަޑައިގެން "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި އާ ޕާޓީއެއް އުފެއްދުމަށް މިހާރު ވަނީ މަސައްކަތް ފަށާފައެވެ. އެކަމާ ގުޅިގެން އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި މަޖިލީހުގެ ކުރީގެ ނާއިބް ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވީ އެމްޑީޕީ ރޫޅާލައި ސިޔާސީ ގޮތުން ބަލިކަށިކޮށްލަން އެޕާޓީން ވަކިވެވަޑައިގެންނެވި ބައެއް ބޭފުޅުން ލައްކަ މަސައްކަތްކުރި ކަމަށެވެ. އެގޮތުން އެމްޑީޕީން ވަކިވި ބޭފުޅުން މީގެ ކުރިން ވެސް އެކި ޕާޓީތައް އުފެއްދި ކަމަށާއި އެހެން ނަމަވެސް އާޚިރުގައި "ފެން ނުހިފަހައްޓައިގެން" އެޕާޓީތައް ދިޔައީ އަޑިއަށް ކަމަށް މޫސަ ވިިދާޅުވިއެވެެ.
"އަބަދު ވެސް އޮންނާނެ އެމްޑީޕީ އިރާދަކުރެއްވިއްޔާ ގަދަކޮށް އޮންނާނެ،" އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރުކަން ވެސް ކުރެއްވި މޫސަ ވިދާޅުވިއެވެ.
މޫސަ މިހެން ވިދާޅުވެފައިވާއިރު އެމްޑީޕީގެ ރައީސްކަން ކުރެއްވި ބައެއް ބޭފުޅުން މީގެ ކުރިން ވަނީ އެކި ޕާޓީތައް އުފައްދަވައިގެން ސިޔާސީ މަސައްކަތް ކުރައްވާފައެވެ. އެހެން ނަމަވެސް ގާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަނުވެގެން އެޕާޓީތައް މިހާރު ވަނީ އުވާލާފައެެވެ.

ކިޔުންތެރިންގެ ހިޔާލު