މިއަހަރު ސްޓޫޑެންޓް ލޯނަށް ކުރިމަތިލި ކުދިންގެ ތެރެއިން ޝަރުޠު ހަމަވި ހުރިހަ ދަރިވަރުންނަށް ލޯނު ދޭން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ނިންމަވައިފިއެވެ.
ރައީސް މިކަން އިއުލާން ކުރެއްވީ އޭ ލެވެލްގެ ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުންނަށް އެވޯޑް ދިނުމަށް މިރޭ ބޭއްވި "މަތީ އަރުތަވެރިން 2021-2022" ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ޞާލިހް ވިދާޅުވީ ފޯރުންތެރިކަން ނެތިގެން ނުވަތަ ޢާއިލާއާ ވަކިން ބޭރަށް ދާންޖެހިދާނެތީ، މަތީ ތަޢުލީމު ޙާޞިލުނުކުރެވިފައި މިހާރު ތިބޭކަށް ނުޖެހޭނެ ކަމަށެވެ. ރާއްޖޭގައި ތިބެގެން ފުރަތަމަ ޑިގްރީ ޙާޞިލުކުރަން ބޭނުންވާ ކުދިންނަށް، ހިލޭ ޑިގްރީ ޕްރޮގްރާމްގެ ތެރެއިން އެފުރުޞަތުވެސް އޮތީ ހުޅުވިފައި ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ރާއްޖެއިން ބޭރުން އެކަން ކުރަން ބޭނުންވާ ކުދިންނަށް، ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުންވެސް އެކަން ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާލުވީ ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީން ޙާޞިލުކުރުމަށް ސަރުކާރުން ދޫކުރާ ލޯނު ދިނުމުގައި ވެސް، މިއަހަރު ހެޔޮ ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.
"އަޅުގަނޑު މި ނިންމީ، މިއަހަރު ސްޓޫޑެންޓް ލޯނަށް ކުރިމަތިލި ކުދިންގެ ތެރެއިން ޝަރުޠު ހަމަވި 1225 ކުދިންނަށްވެސް އެ ލޯން ދޭން. މީގެ ތަފްޞީލުތައް، ހަޔަރ އެޑިއުކޭޝަން މިނިސްޓަރ މާދަމާ ޙިއްޞާ ކުރައްވާނެ." ރައީސް ޞާލިހް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއަހަރު މި ދޭ 1225 ލޯނާ އެކު، މި ސަރުކާރުން ފެށި ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން، މިހާތަނަށް ދޫކުރި ސްޓޫޑެންޓް ލޯންގެ ޖުމުލަ 3211 އަށް އަރާނެ ކަމަށެވެ.
އަދި މަތީ ތަޢުލީމާއި ތަމްރީންގެ މިހާ ފަހި ފުރުޞަތުތަކެއް، އެއްވެސް ސަރުކާރަކުން މީގެ ކުރިން ފަހިކޮށްދީފައެއް ނެތް ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައިވެސް، އެންމެ ބޮޑު ސަމާލުކަމެއް ދޭނެ އެއް ކަމަކީ، ދިވެހި ދަރިންނަށް ރަނގަޅު ތަޢުލީމު ހޯދައިދެއްވުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ބޭނުންފުޅުވަނީ މަތީ ތަޢުލީމާއި ތަމްރީންގެ ދާއިރާ މިހާރަށް ވުރެ ފުޅާކުރެއްވުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު