ވެރިންނާއި ދިމާލަށް ހިތުހުރި އެެއްޗެއް ގޮވުމަކީ މޮޅުކަމެއް ނޫންކަމަށް ކުރީގެ ފޮރިން މިނިސްޓަރ ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
ޝަހީދު މިހެން ވިދާޅުވީ ކުރީގެ ރައީސުންނަށް ނިސްބަތްކޮށް އެދުވަސްވަރެއްގެ އިދިކޮޅު ފަރާތްތަކުން ކިޔަމުން އައި ހުތުރު ނަންތައް ކިއުމަކީ މައްސަލައެއް ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވުމުންނެވެ.
ޝަހީދު ވިދާޅުވީ ވެރިންނާއި ދިމާލަށް ހިތުހުރި އެެއްޗެއް ގޮވުމަކީ މޮޅުކަމެއް ނޫންކަމަށެވެ. ނަމަވެސް ވެރިން ހަވަރަށް ދިނުމާ، މަރަން ފިސްތޯލައާއި ކުލީ ސިފައިން ގެނައުމާއި ދުރުހެލި ވެވިފައި މިވަނީ ހިތުހުރި އެއްޗެއް ގޮވުމުގެ ފުރުސަތު އޮންނާތީ ނޫންތޯއޭ ވިދާޅުވެ ޑރ. ޝަހީދު ވަނީ ސުވާލު އުފައްދަވާފައެވެ.
ޝަހީދު ސިފަކުރެއްވި ގޮތުގައި އަނގަ ބަންދު ކުރުމުން ރައްޔިތުންނާއި އޮންނަ ގުޅުން ބަލިކަށިވާކަމަށެވެ.
ރާއްޖޭގެ ރައީސުންނަށް ނިސްބަތްކޮށް ކިޔަމުން އައި ހުތުރު ވަނަންތަކުގެ ވާހަކަ ރައީސް ނަޝީދު މަޖިލީހުގައި ދެއްކެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަގަށް ގޮވައިހަދާ ލަވަތަކެއް ޗެނަލް 13 އިން ދެއްކި މައްސަލައެއް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ބަލަން ފެށުމާ ދެކޮޅަށް އިދިކޮޅު ޕީޕީއެމަށް ނިސްބަތްވާ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހުގެ ޖަލްސާއަކަށް ކުއްލި މައްސަލައެއް ހުށަހެޅުއްވުމުން އެމައްސަލައިގައި ބައެއް މެންބަރުން ދެއްކެވި ވާހަކައަށް ތާއީދު ކުރެއްވުމުގެ ގޮތުންނެވެ.
ނަޝީދު ދެއްކެވި ވާހަކަފުޅާއި ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކާއި ދީނީ އިލްމުވެރިންވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ވެރިންނާދިމާލަށް ހިތުހުރި އެެއްޗެއް ގޮވުމަކީ މޮޅުކަމެއް ނޫން. ނަމަވެސް ވެރިން ހަވަރަށް ދިނުމާ، މަރަން ފިސްތޯލަ އާއި ކުލީ ސިފައިން ގެނައުމާ ދުރުހެލި ވެވިފަ މިވަނީ ހިތުހުރި އެއްޗެއް ގޮވުމުގެ ފުރުސަތު އޮންނާތީ ނޫންބާ؟އަނގަބަންދު ކުރުމުން ރައްޔަތުންނާ އޮންނަގުޅުން ބަލިކަށިވެ.
— Ahmed Shaheed (@ahmedshaheed) May 31, 2023
ރާއްޖޭގެ ރައީސުންނަށް ނިސްބަތްކޮށް ކިޔަމުން އައި ހުތުރު ވަނަންތަކުގެ ވާހަކަ ރައީސް ނަޝީދު މަޖިލީހުގައި ދެއްކެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަގަށް ގޮވައިހަދާ ލަވަތަކެއް ޗެނަލް 13 އިން ދެއްކި މައްސަލައެއް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ބަލަން ފެށުމާ ދެކޮޅަށް އިދިކޮޅު ޕީޕީއެމަށް ނިސްބަތްވާ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހުގެ ޖަލްސާއަކަށް ކުއްލި މައްސަލައެއް ހުށަހެޅުއްވުމުން އެމައްސަލައިގައި ބައެއް މެންބަރުން ދެއްކެވި ވާހަކައަށް ތާއީދު ކުރެއްވުމުގެ ގޮތުންނެވެ.
ނަޝީދު ދެއްކެވި ވާހަކަފުޅާއި ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކާއި ދީނީ އިލްމުވެރިންވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު