މާލޭގައި ހަދާފައިވާ ޕާކުތަކަށް ވަންނަ ބިދޭސީންގެ އަތުން ފީއެއް ނަގަން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މާލެ ސިޓީން ކައުންސިލުން މިގޮތަށް ނިންމީ މިއަދު ބޭއްވި އެ ކައުންސިލްގެ ޖަލްސާގައެވެ.
ސިޓީ ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގައި މެމްބަރަކު ހުށަހަޅުއްވައިގެން ނިންމާފައިވަނީ ސަލްޓަން ޕާކާއި ލޮނުޒިޔާރަތް ޕާކަށް ވަންނަ ބިދޭސީންގެ އަތުން ފީއެއް ނެގުމަށެވެ.
ކައުންސިލްގެ މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބަރުންގެ އިއްތިފާޤުން ނިންމާފައިވަނީ ޓޫރިސްޓުންނާއި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އަތުން ތަފާތު 2 އަގެއްގައި ފީއެއް ނެގުމަށެވެ.
ކައުންސިލުން ނިންމާފައިވަނީ ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި އަގުތައް ކަނޑައެޅުމަށްފަހު، އަންނަމަހުގެ 15 ވަނަ ދުވަހުން ފެށިގެން އެ ފީ ނަަގަން ފެށުމަށެވެ.
ޕާކުތަަކަށް ބިދޭސީންގެ އަތުން ފީއެއް ނަގަން ނިންމާފައި މިވަނީ މާލޭގައި އުޅޭ ބިދޭސީންގެ އަދަދު އިތުރުވެ، ދިވެހިންނަށްވެސް ހިތް ފަސޭހަކޮށްލާނެ ޖާގައެއް ހޯދަން ދަތިވެފައިވާ ދަނޑިވަޅެއްގައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައިވެސް ސަލްޓަން ޕާކް މަރާމާތުކޮށް އަލުން ހުޅުވިއިރު އެ ތަނަށް ވަންނަ ބިދޭސީންގެ އަތުން ފީއެއް ނެގިއެވެ. ނަމަވެސް މި ސަރުކާރުން ވަނީ އެކަން ނިމުމަކަށް ގެންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު